އެމްޑީޕީން އިންތިޒާމް ކޮށްގެން 31 ޖެނުއަރީ 2025ގައި ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" ބޮޑު ހިނގާލުމުގައި ގިނައަދެއްގެ ބަޔަކު ބައިވެރިވިއެވެ.
މި ހިނގާލުމަކީ ރައީސް މުއިއްޒުގެ ބާރުން ގާނޫނު އަސާސީ އަށް ކުއްލި ބަދަލެއް ގެނެސް ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ އަތްޕުޅަށް ނަންގަވާފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި ހިނގާލުމެއްކަމަށް އެމްޑީޕީން ބުނެއެވެ.