
އާދީއްތަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަށް ފަލަސްތީނަށް ކުރާ މި ޒިޔާރަތް ފަށާފައިވަނީ އިސްލާމިކް ޓުއަރސްގެ ތިން ހަރަމް އުމްރާގެ ބާއިވެރިންނެވެ.
މި ޒިޔާރަތާ ގުޅޭގޮތުން މީސްމީޑިއާގައި އިސްލާމިކް ޓުއަރސްއިން ބުނެފައިވަނީ، އެމީހުންގެ ދަތުރަކީ ތާރީހީ އާސާރުތައް ބަލައިލުމުގެ ސަގާފީ ދަތުރެއް ކަމަށާ، މި ދަތުރުގެ ބައިވެރިން ފަލަސްޠީނުގައި 4 ދުވަހު ތިބުމަށް ފަހު ދެން ދަތުރުކުރާނީ މިސްރަށް ކަމަށެވެ.
މީޑިއާ އާ މައުލޫމާތު ހިއްސާކުރަމުން އިސްލާމިކް ޓުއާރސް އިން ބުނެފައި ވަނީ، އެ ގްރޫޕުގެ ބައިވެރިން ފަލަސްޠީނަށް އެ ދިޔައީ އުރުދުން (ޖޯޑަން) ގައި 4 ދުވަހު ތިބުމަށް ފަހު ކަމަށާ، ޖަނަވަރީ އެކެއްގައި ރާއްޖެއިން ފުރައިގެން އެ ގްރޫޕު ފުރަތަމަ ދިޔައީ އުރުދުން އަށް ކަމަށެވެ.
އިސްލާމިކް ޓުއާރސް އެމްވީގެ ބައިވެރިން ފަލަސްތީނުގައި – ފޮޓޯ: އިސްލާމިކް ޓުއާރސް
އިސްލާމިކް ޓުއަރސްގެ މި ދަތުރަކީ ފަލަސްތީނުމަގުން ތިން ހަރަމް ހިމެނޭހެން އުމްރާއެއް ވުމަށް ވަރަށް ދިގު އިންތިޒާރަކަށްފަހު ދިވެހިންނަށް ލިބުނު ވަރަށް އުފާވެރި ފުރުސަތެއް ކަމަށް އިސްލާމިކް ޓުއާރސް އިން ފާހަގަކުރެއެވެ.
މި ދަތުރުގައި އުރުދުން އަދި މިސުރުން ފެންނަން ހުރި އާސާރުތައް ބަލައިލުމުގެ ގޮތުން ކަހަފް ބާގައިގެ މީހުން ނިދާފައި ތިބި ހޮހޮޅައާއި ޞަލާހުއްދީން ޢައްޔޫބީ ބިނާކުރެއްވި އަޖްލޫން ކިއްލާއާއި ލޫޠުގެފާނުގެ ގައުމު ބަންޑުންޖައްސަވައިލެއްވި ސަރަހައްދާއި ބަނީ އިސްރާއީލުންނަށް ދެއްވަން، ﷲ ވައުދުވެ ވޮޑިގެންވި ބިން މޫސާގެފާނަށް ފެނިވަޑައިގެންނެވި އިރު އެކަލޭގެނާފު ހުންނެވި ފަރުބަދައާއި މި ނޫން ވެސް އިތުރު ތަންތަނަށް އިސްލާމިކް ޓުއާރސްގެ ބައިވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އެ ގްރޫޕުން ބުނެއެވެ.
އަދި މިސުރުގެ އަހުރާމު ތަކަށާއި، މާތް ﷲގެ ކޯފާ ލައްވާ ގަރަގު ކުރެއްވި ފިރުއައުނުގެ ހަށިގަނޑު ބަލައިލުމާއި މޫސާގެފާނަށް ތައުރާތު ބާވައިލެއްވުމަށް، އެކަލޭގެފާނު ގެންދެވުނު ފަރުބަދައަށް ވެސް އެ ގްރޫޕުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް ޓުއާރސް އިން ބުނެއެވެ.
އިސްލާމިކް ޓުއާރސް އެމްވީގެ ބައިވެރިން ފަލަސްތީނުގައި – ފޮޓޯ: އިސްލާމިކް ޓުއާރސް
މިފަދަ އިތުރު ދަތުރުތައް އަދިވެސް ކުރިޔަށް ހުރިކަމަށާ، ހުރިހާ ދިވެހިންނަށް ވެސް މި ދަތުރުތަކަށް މަރުހަބާ ކިޔާކަމަށް ބުނެ އިސްލާމިކް ޓުއާރސް އިން ބުނެފައިވަނީ އެ ގްރޫޕުގެ މަގުސަދަކީ ދުނިޔޭގައި ފެންނަންހުރި އިސްލާމީ އާސާރުތަކާ ހަމައަށް އަމާންކަމާއި ސަލާމަތްކަންމަތީ ދިވެހިން ގެންގޮސްދިނުން ކަމަށެވެ.
އަދި މިފަދަ ދަތުރެއް ރޭވުމުން، ރާއްޖޭގައި ތިބެގެން ދަރުސްތަކުން ދަސްކުރާ ފިލާވަޅުތަކާއި ލިބޭ ތާރީހީ މައުލޫމާތުތަކުގެ އަސްލު ހާދިސާ ހިނގާފައިވާ ތަންތަނަށް ދިވެހިން ގެންގޮސްދެވި، އެކަމުގެ ސަބަބުން ދީނީ ރޫހު ހިތްތަކުގައި އާލާވެ އަދި ރޫހާނީ ދުޅަހެޔޮކަމެއްގައި މީހާ ހުރެގެން އުމްރާއެއްވެ، އިހުލާސްތެރިކަމާ އެކު ތައުބާ ވުމަށް ދޮރުހުޅުވައިދިނުމުގެ މަގު ފަހިވެގެން ދިޔުމަކީ އިސްލާމިކް ޓުއަރސް ގްރޫޕުގެ އެދުމެއް ކަމަށް ވެސް އެ ގްރޫޕުން ބުނެއެވެ.




