ހުޅުމާލެ.--
ޕިކަޕެއް މަރާމާތު ކުރަން އޮތް މީހަކު، އޭގެ ދަށުވެ މަރުވެއްޖެ
މަރްޔަމް މުޙައްމަދު 16 ފެބްރުއަރީ 2026 (ހޯމަ)   13:41
ޕިކަޕެއް މަރާމާތުކުރަން އުޅުނު ދިވެއްސަކު އެ ޕިކަޕުގެ ދަށުވެ މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާޅޭ މި ހާދިސާ ހިނގީ، ހުޅުމާލޭ ސަހަރާ ކައިރީގައި ކަމަށާ، އެ މީހާ މަރުވާން ދިމާވީ، މަރާމާތުގެ މަސައްކަތް ކުރުމަށް އެމީހާ އެ ޕިކަޕުގެ ދަށަށް ވަދެ އޮއްވާ، ގައިމައްޗަށް ޕިކަޕު ވެއްޓިގެން ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި މަރުވީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އިއްޔެ ހެނދުނު، 11:05 ހާއިރު ކަމަށާ، ހާދިސާ ހިނގުމުން ހުޅުމާލޭ ހޮސްޕިޓަލަށް އެ މީހާ ގެންދިޔަ ނަމަވެސް، އެ މީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ދަނީ، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުންޏެވެ.

ކޮމެންޓް