
ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގަނެފައިވަނީ، މިމަހުގެ 12 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުން ކަމަށާ، އެތަކެތި އަތުލައިގަނެފައިވަނީ މުދާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
މި މައްސަލާގައި އެއްވެސް މީހަކު ނުވަތަ ބަޔަކު ހައްޔަރުކުރިކޮށްފައިވާ ކަން އަދި ވަނީ ހާމަނުކޮށެވެ.
ބަރުދަނުގައި 36.43 ކިލޯ ހުރި މިތަކެތި ޓެސްޓްކުރުމުގެ މަރުހަލާއިން އެތަކެއްޗަކީ ހަޝިޝް އޮއިލްކަން ދެނެގަނެވިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ ހަޝިޝް އޮއިލް ވެސް މިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ކަސްޓަމްސްއިން އަތުލައިގެންފައި ވާއިރު، އެތަކެތީގެ މަގުމަތީ އަގު 32 މިލިއަން ރުފިޔާއަށް އަރާނޭކަމަށް ކަސްޓަމްސްއިން އޭރު ހާމަކުރިއެވެ.




