
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރަނީ ސައިފްއަށް ވަޅިން ހަމަލާދިނީ މުމްބާއީގައި ސައިފް ދިރިއުޅޭ ގޭގެ ތެރެއަށް ވައްކަން ކުރަން ވަން މީހެއް ކަމަށެވެ.
ބޮލީވުޑްގައި 1993 ވަމަ އަހަރުން ފެށިގެން ފިލްމު ކުޅެން ފަށާފައިވާ ސައިފްއަށް ދިން ހަމަލާތަކަށް މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާއަށް ސާޖަރީއެއް ވެސް ހަދަންޖެހުނުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ލިލަވަތީ ހޮސްޕިޓަލާ ހަވާލީ އެގައުމުގެ މީޑިއާތަކުން ބުނަނީ މި ހާދިސާގެ ސަބަބުން ސައިފަށް ހަ ޒަހަމެއް ލިބިފައިވާއިރު، އޭގެތެރެއިން އެއް ޒަހަމް މައިބަދައާ ކައިރިއަށް ލިބިފައިވާ ކަމަށާ ފުންކޮށް ވެސް ދެ ޒަހަމެއް ލިބިފައިވާތީ ފެންނަން އެބަހުރި ކަމަށެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރާ ކައިވެނިކޮށްގެން އުޅޭ ސައިފަށް ހަމަލާ ދިނުމަށްފަހު އެތަނުން އެމީހުން ފިލާފައި ވާކަން ހާމަކުރަމުން އިންޑިއާގެ ފުލުހުން ބުނީ މިހާރު އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް އިންޑިއާ ފުލުހުން ބުނެއެވެ.
ސައިފަށް ދިން ހަމަލާގ ކުށްވެރިކޮށް އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި ސައިފްގެ ގިނަ ސަޕޯޓަރުން ދަނީ އަޑު އުފުލަމުންނެވެ.




