ޒުވާނުން މިރޭގެ މުޒާހަރާ ވެސް ކުރިއަށް ގެންދަނީ މަޖީދީމަގުގައި ހުންނަ ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކައިރީގައެވެ މުޒާހަރާގެ ބައިވެރިން ބުނާގޮތުން އެމީހުންނަށް ފުލުހުން ހުރަސް އަޅަންފެށީ އެ ސަރަހައްދުގައި، އެހެން ރޭތަކެކޭ ވެސް އެއްގޮތަށް ޝުއޫރު ފާޅުކުރުމުގައި ދެމި ތިއްބައެވެ.
މިރޭގެ މުޒާހަރާގައި ވެސް މިއުޒިކާއި އާޓްސް ހިމަނައިގެން ކުރިއަށް ގެންދާއިރު "ދުލެއް ނުކުރާނަން" މިނަމުގައި ޔުމްނުއަށް އިންސާފަށް އެދި ޒުވާނުން، މުޒާހަރާ ކުރާތާ މިރެއަކީ ނުވަ ވަނަ ރޭ ކަމަށްވާއިރު، މިރޭގެ މުޒާހަރާ އަށް ފުލުހުން ހުރަސް އެޅި ނަމަވެސް، މުޒާހަރާ ނިންމާގަޑި ނުޖެހެނީސް މައިދާން ދޫކޮށް އެމީހުން ނުދާނެކަމަށް ޒުވާނުން ބުނެއެވެ.
މިރޭގެ މުޒާހަރާގައިވެސް ޒުވާނުން އެންމެ ބޮޑަށް ކުރަމުންދާ ޑިމާންޑަކީ އިންސާފު ގާއިމުކުރުމަށް ގޮވާލުމެވެ. އޭގެ އިތުރުން އެ ޒުވާނުންގެ ފަރާތުން މިހާރު ސަރުކާރަށާއި ފުލުހުންނަށް ކޮށްފައިވާ ޑިމާންޑްތައް މިރޭވެސް ގެންދަނީ ތަކުރާރު ކުރަމުންނެއެވެ.
ޒުވާނުން ކޮށްފައިވާ 10 ޑިމާންޑަކީ:
ކުރީ ރޭތަކެކޭ ވެސް އެއްގޮތަށް އެކި ޝުއޫރުތަކާ އެކު މުޒާހަރާ ކުރަމުންދަނީ ތަފާތު ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ. ޔުމްނު އަށް އިންސާފު ހޯދައިދިނުމުގައި ފުލުހުން ފެއިލްވެފައިވާ ކަމަށާއި ފުލުހުންގެ އިސްވެރިން ވަނީ ކަންކަން އޮޅުވާލައި ހެކި ފޮރުވަން މަސައްކަތް ކޮށްފައި ކަމަށް ޒުވާނުން ބުނަމުންދާ ބުނުންތައް މިރޭ ވެސް އަންނަނީ ތަކުރާރު ކުރަމުންނެވެ.
އެހެންކަމާއެކު، ހޯމް މިނިސްޓަރު ޢަލީ އިޙުސާން ގެ އިސްތިއުފާއަށް ތަކުރާރުކޮށް ޒުވާނުންދަނީ ގޮވާލަމުންނެވެ. މީގެ އިތުރުން އެ ހާދިސާއާ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނުއާ ގުޅުން ވާކަމަށް ތުހުމަތުކޮށް އޭނާގެ އިސްތިއުފާއަށްވެސްދަނީ ގޮވަމުންނެވެ.