ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓުން ބުނީ، ކުރިއަށް އޮތް ތިން ދުވަހު ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމަށް ބެލެވޭކަމަށެވެ.
އަދި މި ވިއްސާރައިގައި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ހާއްސަ ގޮތެއްގައި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރާއިރު، ރާއްޖެއަށް މިހާރު އޮތީ ހުޅަނގު މޫސުން ފެށިފައިކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ދެކުނަށް މިމަހު އަށްވަނަ ދުވަހުން ފެށިގެން ހުޅަނގު މޫސުން ވަނީ ފެށިފައިކަމަށް މީގެކުރިން މެޓުން ބުންޏެވެ. އެހެންކަމުން އާއްމު ގޮތެއްގައި މޫސުން ރަނގަޅު ނަމަވެސް ހުޅަނގު މޫސުން ފެށުނު ފަހުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ކޮންމެވެސް ވަރަކަށް ވިއްސާރަކުރަމުންނެވެ.
އެހެންކަމުން މޫސުން ގޯސްވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް ވެސް އެ އިދާރާއިން ވަރަށް ބޮޑަށް އިލްތިމާސްކުރަމުން އާދެއެވެ.