ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ޑިންގީގައި ޖުމްލަ 17 މީހުން ދަތުރު ކުރި ކަމަށާ، އެއީ މުޅިންވެސް ބިދޭސީން ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މީހަކު ފަތާފައި ގޮސް ޒަމާނީ އައިލެންޑްސްއަށް އަރާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"މެރިން ޕޮލިސް، ކ. އަތޮޅު ޕޮލިސް އަދި ކ. އަތޮޅުގެ ރިސޯޓުތަކުގެ ލޯންޗުތައް ވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން ބުނެފައި ވެއެވެ.
އެ ހާދިސާގައި ޑިންގީން ދަތުރުކުރި އެންމެންވެސް ސަލާމަތްކޮށްފައިވާ ކަމަށްވެސް ފަހުން ދިން މައުލޫމާތުގައި ފުލުހުން ބުނެފައި ވެއެވެ.
މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މި ދުވަސްވަރު ކަނޑުތައް ވަރަށް ގަދަ އެވެ. އެމްއެންޑީއެފުން ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ މި ދުވަސްވަރު ނުކުރަން އެދިފަ އެވެ.