ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަޅޮލުދަޑުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް - ފޮޓޯ: ހަސަން އަތޫޕް
ހުރިހާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު ހަރަކާތެއް ފަށަނީ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް ދެން ދޭނީ 6 މަސް ދުވަސް
މަރްޔަމް މުޙައްމަދު 4 ސެޕްޓެމްބަރ 2025 (ބުރާސްފަތި)   11:47
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު ހަރަކާތެއް ފަށަން ތައްޔާރުވަމުން އަންނަކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މީޑިއާއަށް ހާމަކުރި މައުލޫމާތުގައި ހޯމް މިނިސްޓްރީން ބުނެފައި ވަނީ، މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން ކުރަނގީގައި 160،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާއިރު ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށާ، އެހެންކަމުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބޮޑު މައްސަލައެއް ކަމަށްވާތީ، އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.

ގަވާއިދުގެ ތެރެއަށް ނުވަދެވި ތިބި ވަރަށް ގިނަ ބިދޭސީން ތިބީ، ވަޒީފާ ދޭ ފަރާތުގެ އިހުމާލު އޮވެގެން، ނުވަތަ އެ ނޫންވެސް ހާލަތްތައް ކުރިމަތިވެގެން ކަމަށް ފާހަކުރެވޭކަމަށާ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

އަދި ހޯމް މިނިސްޓްރީން ބުނެފައި ވަނީ، އެ މުއްދަތުގައި ހުޅުވާލާ ފުރުސަތުގެ ބޭނުން ކޮންމެހެން ވެސް ހިފުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓް