އެމްޑީޕީން ފިނޭންސް މިނިސްޓްރީ ދޮށުގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން
ގައުމު އިގުތިސޯދީ އަނދަވަޅަކަށް ވައްޓާލުމުން އެމްޑީޕީން ފިނޭންސްމިނިސްޓްރީ އަށް
ދުސްތޫރީ ޑިކްޓޭޓަޝިޕަކަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުން އަޅުވެތިކޮށްފި - މުޒާހަރާގެ ބައިވެރިން
ޖުނާން އަޙުމަދު 8 ސެޕްޓެމްބަރ 2025 (ހޯމަ)   16:27
މިގައުމު އިގުތިސޯދީ ބޮޑު އަނދަވަޅަކަށް މި ސަރުކާރުން ވައްޓާލުމުން އެކަމުގެ ކަންބޮޑުވުންތަކާ އެކު، ރައްޔިތުންގެ ސުވާލަތަކަށް ޖަވާބު ހޯދުމަށް އެމްޑީޕީން ފިނޭންސް މިނިސްޓްރީ ދޮށަށް ގޮސް މުޒާހަރާ ކޮށްފިއެވެ.

އެމް ޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އިސްކޮށް ތިއްބަވާ ކުރިއަށް ގެންދިޔަ މި މުޒާހަރާގެ ބައިވެރިން މިއަދު އެންމެ ފުރަތަމަ އުޅުނީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ބައްދަލު ކުރުމަށް އެ މިނިސްޓްރީ އަށް ވަންނާށެވެ. ނަމަވެސް ފުލުހުން އެތަނުގެ ދޮރުކުރިމަތީގައި ދޮރު ބަންދުކޮށްގެން ތިބުމުގެ ސަބަބުން ބައެއް މެންބަރުން ވަނީ ގަދަކަމުން އެ މިނިސްޓްރީ ތެރެއަށް ވަދެގެންފަ އެވެ.

މިނިސްޓަރު މިނިސްޓަރު މޫސާ ޒަމީރު މި ވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގައިކަމަށް ބުނުމުން މެންބަރުން ވަނީ އެ މިނިސްޓްރީގެ އިސް ފަރާތްތަކާ ބައްދަލުކުރަން ޑިމާންޑްކޮށްފަ އެވެ.

އެއަށްފަހު ފިނޭންސް މިނިސްޓްރީ ހިމެނޭ އިމާރާތުގެ ދޮރުމަތީ މުޒާހަރާގެ ބައިވެރިން ވަނީ އަޑު އުފުލާފައެވެ. އެގޮތުން ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ނުދީ ހިފަހައްޓައިގެން ފިލައިގެން އުޅޭ މޫސާ ޒަމީރު އާއި ޑިކްޓޭޓަރ ލުޓޭރޭ ކައްޒާބު ގެ އިސްތިއުފާއަށް ގޮވާލާފައި ވާކަން ފާހަގަކޮށްލެވެއެވެ.

އަދި ދުސްތޫރީ ޑިކްޓޭޓަރޝިޕަކަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުން ވަނީ އަޅުވެތިކޮށްފައި ކަމަށާ، ރައްޔިތުން މިހާރުން މިހާރަށް ވެސް ބޭނުންވަނީ މި ނޫން ގޮތެއް ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައެވެ.

ކޮމެންޓް
ޒަރިޔަންދު
3 hours ago
މަޖިލީހަށް ނުގޮސް ފިލައިގެން އުޅޭ ވަޒީރުން ހޯދަން އެމީހުން ދިރިއުޅޭ ގެތަކަށްވެސް ދާންވީ. ދައުލަތުން ބޮދު މުސާރަ ނަގައިގެން ފިލައިގެން އުޅެވިގެން ނުވާނެ.