އިސްލާމްދީނަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ, މުފްތީ މިއަދު އަވަހާރަވިއިރު އުމުރު ފުޅުން 82 އަހަރެވެ. މުފްތީ ވަނީ އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖު ޚުޠުބާ ދެއްވާފައިވެއެވެ.
ޝެއިޚް އަބްދުލްއަޒީޒުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު ރިޔާދުގައި ހުންނަ, އިމާމް ތުރުކީ ބިން ޢަބްދުالله މިސްކިތުގައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މުފްތީގެ މައްޗަށް މިރޭ ޢިޝާ ނަމާދު ފަހުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޣައިބުގައި ކުރެވޭ ކަށުނަމާދު ކުރެވޭނެ ކަމަށެވެ.
ސައުދީގެ އިސް މުފްތީގެ މަގާމަށް ޝެއިޚް އައްޔަން ކުރައްވާފައިވަނީ 1999 ވަނަ އަހަރުގެ ޖޫން މަހުއެވެ.
ޝެއިޚް އުފަންވެވަޑައިގަތީ 30 ނޮވެމްބަރު 1943 ގައި މައްކާއަށެވެ. ވަރަށް ތުއްޕުޅުއިރު ބައްޕަ އަވަހާރަވުމުން ޝެއިޚް ބޮޑުކުރެއްވީ މަންމާފުޅެވެ. ޔަތީމު ހާލުގައި އުޅުއްވަމުން ވެސް އެ މަނިކުފާނު ވަނީ ގުރުއާން ހިތުދަސްކުރައްވައިފަ އެވެ. އެއަށްފަހު، ޒުވާން އުމުރުފުޅުގައި ލޮލުގެ ފެނުން ގެއްލުނު ނަމަވެސް ތައުލީމް ހާސިލްކުރެއްވުމަށާއި ދީނަށް ހިދުމަތް ކުރެއްވުން ކުރިއަށް ގެންދެވި އެވެ.
މުފްތީ މިއަދު އަވަހާރަވި އިރު މިއަދަކީ ސައޫދީ އަރަބިއްޔާ އުފެއްދިތާ 32 އަހަރު ފުރުނު ގައުމީ ދުވަހެވެ.
ކުޑައިރުއްސުރެ އޭނާގެ ލޮލުގެ ފެނުން ދަށްވެ، އުމުރުން 17 އަހަރުގައި ވަނީ މުޅިން ލޯފަން ވެފައެވެ. އެހެންނަމަވެސް، ޤުރުއާން ހިތުދަސްކުރައްވައި، ވަރަށް ސާބިތުކަމާއެކު، ދީނީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ.