އިންޑިއާ އާއި ޕާކިސްތާނުގައި ކާރުބޮމުގެ ހަމަލާއެއް ދިނުން - ފޮޓޯ: އެންޑީޓީވީ
އިންޑިއާގައި ކާރުބޮމެއް ގޮވާލާ ގިނައިރުތަކެއް ނުވެ ޕާކިސްތާނުގައި ވެސް ކާރު ބޮމެއް ގޮއްވާލައިފި
މި ދެ ހަމަލާގައި ވެސް ގިނަބަޔަކު މަރުވެ އެތައްބަޔަކު ޒަހަމްވެފައިވޭ
ޖުނާން އަޙުމަދު 11 ނޮވެމްބަރ 2025 (އަންގާރަ)   16:57
އަވައްޓެރި އިންޑިއާގެ ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރުބޮމެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމް ވެފައި ވަނިކޮށް އިންޑިއާގެ ދުޝްމަނެއް ކަމަށްވާ އަވައްޓެރި ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ވެސް ކާރު ބޮމެއް ގޮއްވާލާ ގިނަ ބަޔަކު މަރާލައިފިއެވެ.

ދިއްލީގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނަނީ، އިއްޔެ ހިނގި އެ ހާދިސާ ގައި ގިނަބަޔަކު މަރުވުމުގެ އިތުރުން ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށާ އެކަމުގައި ގެއްލުންތައް ވި ފަރާތްތަކުގެ ސީދާ އަދަދު އަދި ކަށަވަރު ނުވާކަމަށެވެ.

ފުލުހުން ބުނަނީ ކާރު ގޮވި ސަބަބެއް އަދި ނޭނގޭ ކަމަށާ، ދިއްލީގެ ރެޑް ފޯޓް ކައިރީގައި އޮންނަ މެޓްރޯ ސްޓޭޝަނެއްގައި އެ ބޮން ގޮއްވާލާފައި ވަނީ ހަޔުންޑާއި މަރުކާގެ އައި20 ގެ ކާރެއްގައި ކަމަށެވެ.

17 ވަނަ ގަރުނުގައި މުގަލް ރަސްކަމުގެ ޒަމާނުގައި އަޅާފައިވާ އަދި އިންޑިއާގެ ބޮޑުވަޒީރުން ކޮންމެ އަހަރަކު މިނިވަން ދުވަހު ތަގުރީރު ކުރައްވާ ސަރަހައްދު ކަމުގައިވާ ރެޑް ފޯޓް ސަރަހައްދަކީ، ކޮންމެ އަހަރަކު އެތައް ހާސް ޓޫރިސްޓުންނެއް ޒިޔާރަތްކުރާ ސަރަހައްދެކެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ގޮއްވާލި ކާރުބޮމަކީ މީހަކު ދިން ޖާނުން ފިދާވުމުގެ ހަމަލާ ހަމަލާއެއް ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރަމުން އަންނައިރު، އެ ހަމަލާގައި 12 މީހުން މަރުވި ކަމަށާ، އެ ހާދިސާ ހިނގީ، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ގައި ހުންނަ ކޯޓެއްގެ ބޭރުގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ ފުލުހުން ބުނަނީ، ބޮން ގޮއްވާލި މީހާ ދެނެގަތުމުގެ މަސައްކަތް އޮފިޝަލުން ވަރަށް އިސްކަން ދީގެން ކުރިއަށް ގެންދާނެ ކަމަށާއި، މި ކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

މި ބޮމުގެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވާއިރު، ޕާކިސްތާނުގެ އިސްލާމްއާބާދަކީ ޖާނުން ފިދާވުމުގެ ހަމަލާތައް ހިންގުމުގެ ދިގު މާޒީއެއް އޮތް ސަރަހައްދެއް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް