
އިމްރާން ހާން ޖަލުގައި މަރުވެއްޖެ ކަމަށް އަޑުފެތުރެމުންދާ ދަނޑިވަޅެއްގައި އޭނާގެ އާއިލާއިން މި ގޮތަށް އެދިފައި ވާއިރު އިމްރާން ހާން ގެ ދަރިފުޅު ޤާސިމް ހާން ބުރާސްފަތި ދުވަހު މީޑީއާގައި ބުނެފައި ވަނީ، 6 ހަފުތާ ވަންދެން އޭނާގެ ބައްޕަ އެކަހެރިކޮށްފައިވާއިރު، އަދި މިހާތަނށް ފޯން ކޯލެއް، ބައްދަލުވުމެއް އަދި ފުރާނަ ހުރިކަމުގެ ހެއްކެއް ވެސް ސަރުކާރުން ނުދޭކަމަށެވެ.
އާއިލާއިން ބުނީ މިއީ އިންސާނިއްޔަތުކަމާ ހިލާފު ކަމެއް ކަމަށާ، އިމްރާން ހާން ގެ ދައްތަމެން އޭނާއާ ބައްދަލުކުރަން ޖަލަށް ވަންނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު އެ މީހުންނަށް އެތަނުން ހުރަސްއަޅަމުންދާ ކަމަށެވެ.
އިމްރާންގެ މައްޗަށް އެތައް ޖަލު ހުކުމްތަކެއް އިއްވައިފައި ވާއިރު، އޭގެ ތެރޭގައި ދައުލަތުގެ ސިއްރުތައް ހާމަކުރުން ވެސް ހިމެނެއެވެ. އޭނާ ޖަލުގައި މަރާލައިފިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އޭނާ ލާފައިވާ ޖަލު ކަމަށްވާ އަދިއަލާ ޖަލުގެ އޮފިޝަލުން ބުނަނީ އިމްރާން ހާން މަރުވި ކަމަށް ދެކެވޭ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.




