
މާލެ ސަރަހައްދުގައި "ފަޔަރ އެކްސަސައިޒް" ތަކެއް ކުރިޔަށް ގެންދާތީ ރައްޔިތުން ސަމާލުވުމަށް އެމްއެންޑީއެފް (މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް) އިން އެދިއްޖެއެވެ.
އެމްއެންޑީއެފްއިން މީޑިއާއަށް ބުނެފައި ވަނީ، ދިވެހި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރިއަށް ގެންދާ ފަޔާ އެކްސަސައިޒް އެއް މިއަދާއި މާދަމާ މާލެ ސަރަހައްދުގައި ކުރިޔަށްދާނެކަމަށެވެ.
މި ފަޔާ އެކްސަސައިޒްތައް ކުރިޔަށްދާނެ ސީދާ ވަގުތެއް ހާމަނުކުރި ނަމަވެސް، މި އެކްސަސައިޒް ކުރިޔަށްދާނީ މާލެ، އާއި ހުޅުމާލެ، އަދި ވިލިނގިއްޔާއި ތިލަފުށީގައިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.




