
ފުލުހުން ބުނީ، ހުޅުމާލޭ ފޭސް 1 ގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ، ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ފުލުހުން ހާމަނުކުރި ނަމަވެސް، އެމީހާ މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓު ކުރީ މިއަދު 12:14 ހާއިރު ކަމަށާ، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
އަދި ތަފްސީލު ލިބެމުންދާ ވަރަކަށް ހާމަކުރަމުންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.




