
މި މައްސަލައާ ގުޅިގެން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ2 ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މިތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބަލުގެ އިތުރުން ހުސްފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބިދޭސީން ދިރިއުޅެމުންދިޔަ އެތަނަކީ ކުރުނބާ އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކާބޯތަކެތި އުފައްދާ ވިއްކުމުގައި ސާފުތާހިރުކަން ކުޑަ ތަންތަން ބަލައި ފާސްކުރުމުގެ އިންސްޕެކްޝަންތައް ކަމާގުޅޭ އިދާރާތަކުން ކުރަމުން ދެއެވެ.
ސާފުތާހިރުކަމަށް ބެލުމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީން ހައްޔަރުކޮށް، އެފަދަ މީހުނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރުމުގެ އިތުރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އެފަދަ ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްވެސް ކޮށްފައި ވެއެވެ.




