
އެގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް 28 ގޮނޑި ކާމިޔާބުވެފައި ވާއިރު، އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީ އަށް 1 ގޮނޑި ވަނީ ކާމިޔާބުވެފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ލިސްޓުން އެނގޭ ގޮތުގައި، ޕީއެންސީ އާއި އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީއަށް ވެސް ވަނީ އެއް ގޮނޑި ކަށަވަރުވެފައެވެ.
ވޯޓަކާ ނުލާ ޕީއެންސީން މެޖޯރިޓީ ކަށަވަރުކުރި ރަށްތަކުގެ ތެރޭގައި ލ. މުންޑޫ އާއި އއ. ހިމަންދޫ އަދި، އދ. ކުނބުރުދޫ އާއި، ހއ. އުތީމު އަދި، އދ. ދިއްދޫ އާއި، ތ. ވިލުފުށި އަދި ވ. ފެލިދޫ ހިމެނެއެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލްކައުންސިލް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި އެކަކަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި ކަމަށް ވާއިރު، އެ އިންތިހަބުގައި ވޯޓުލުމަށް ރީރަޖިސްޓަރ ކުރަން ހުޅުވާލި މުއްދަތް މާދަމާ ހަމަވާނެއެވެ.




