
އާންމު އުސޫލުތަކުގެ ދަށުން ބޭންކުތަކަށް ވިއްކާ ޑޮލަރަށް ވުރެ 32 ޕަސެންޓު އިތުރަށް އިއްޔެ އިން ފެށިގެން ވިއްކަމުންދާ ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއެވެ.
"މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް،" އެމްއެމްއޭއިން ބުނެއެވެ.
އެ މިންވަރަށް ޑޮލަރު ދޫކުރާނީ ރޯދަ މަހުގެ ފުރަތަމަ ތިން ހަފުތާ އެވެ. މި ކަމުގެ ސަބަބުން ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމަށް ދިވެހި ވިޔަފާރިތަކަށް ލުއިތަކެއް ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
ރޯދަ މަހަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރާ މަހެވެ. ހާއްސަކޮށް ކާބޯތަކެތި އިތުރުކުރާ މިންވަރު ކޮންމެ ރޯދަ މަހެއްގައި ވެސް ބޮޑުތަނުން އިތުރުވެއެވެ.




