އަތުލައިގެންފައި ހުރި މަސްތުވާތަކެތިތަކެއް.--
ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި
ފިޔެސް 22 މާރޗް 2026 (އާދީއްތަ)   16:36
ރާއްޖެ އަށް ވައިގެ މަގުން މިދިޔަ ހުކުރު ދުވަހު އެތެރެކުރަން އުޅުނު 11 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 5،370 ގްރާމުގެ ކެނަބިސް ފަތާއި 6،590 ގްރާމުގެ ހަޝިޝް އޮއިލް ކަމަށެވެ.

އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ނަމަވެސް މި މައްސަލާގައި ހިމެނޭ މީހުންގެ މައުލޫމާތާއި އިތުރު ތަފުސީލެއް ކަމާގުޅޭ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް