
ފުލުހުންގެ އިދާރާއިން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަލީ އިރުފާނު (28އ) ހިތިލާގެ، ގދ. ގައްދޫ / އާއި، އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ، ދަނޫޝްކާނދަން ގޯޕާލް، (19އ) އާއި ކަތިރިވިލް މަނިމަރަން، (21އ) ކަމަށެވެ.
މި ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ތިން މީހުން ކަމަށާ، މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މާރިޗު މަހުގެ 3 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ އިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް އެ އިދާރާއިން ބުނެއެވެ.




