
ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ގުޅޭގޮތުން ފުލުހުން ބުނީ، މި އޮޕަ ރޭޝަން ފެށީ، ތިމަރަފުށީ ފަޅު ގެއެއްގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ކަމަށް އެބޭފުޅުންނަށް ލިބުނު މައުލޫމާތަކާގުޅިގެން ކަމަށެވެ.
އެ މައުލޫމާތާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 94.23 ގުރާމް ހުރިކަމަށާ، މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންކަމަށް ވެސް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.




