ފުލުހުން ކަނޑުމަތީގައި ހަރަކާޔތްތެރި ވަނީ - ފޮޓޯ: ޕޮލިސް
ބޯޓެއްތެރޭގައި ބަޔަކު ހަބަރު ހުސްވެފައި އޮއްވައި ފެނިއްޖެ
ހަބަރު ހުސްވެފައި އޮއްވާ ފެނުނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް
ޖުނާން އަޙުމަދު 4 އޭޕްރީލް 2026 (ހޮނިހިރު)   11:17
ބޯޓެއްގައި ބަޔަކު ހަބަރު ހުސްވެފައި ތިއްބައި މިއަދު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 6:35 ހާއިރު ލިބިފައިވާ ކަމަށެވެ.

ހަބަރު ހުސްވެފައި ތިއްބައި ބޯޓު ތެރެއިން ފެނުނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށާ، އެ ފަސް މީހުންނަކީވެސް ފިރިހެނުން ކަމަށްވާއިރު، އެމީހުންނަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް