
އެންޝިއަންޓް އެންޑް ޕްރީ މޮޑަން ޑިސްކަވަރީސް
ގަދީމީ ތަހުލީލުތައް (ގާތްގަނޑަކަށް މީލާދީން 2750 ބީސީ – މީލާދީން 600 ޑީސީ): ގަދީމީ މިރުރުގެ ލިޔުންތަކުގައި އިލެކްޓްރިކް ކެޓްފިޝް އަށް އިޝާރާތްކޮށްފައި ވަނީ 'ތަންޑާސް އޮފް ދަ ނައިލް' (ނައިލްގެ ގުގުރި) ގެ ނަމުންނެވެ. ގާތްގަޑަކަށް މީލާދީން 600 ވަނަ އަހަރު ގުރީކުގެ ފަލްސަފާވެރިޔާ ތޭލްސް ލިޔުއްވާފައިވާ ގޮތުގައި އަމްބަރ (amber) ގައި ބީހުމުން ސްޓޭޓިކް ކަރަންޓް އުފެދެއެވެ.
ކޮއިނިން ދަ ޓާމް (1600): އިނގިރޭސި ފިޒިޝަން ވިލިއަމް ގިލްބަރޓް 'އިލެކްޓްރިކަސް' (Electricus) މި ލަފުޒު އުފެއްދެވިއެވެ. މިއީ މިޒަމާނުގެ އިލެކްޓްރިކަލް ސައިންސްގެ ފެށުމެވެ.
ކުރީގެ ތަޖުރިބާތައް (17 ވަނަ–18 ވަނަ ގަރުނު): އޮޓޯ ފޮން ގުއެރިކް (1660) އާއި ރޮބަޓް ބޮއިލް (1675) ފަދަ ސައިންސްވެރިން ވަނީ އިލެކްޓްރިކް އެޓްރެކްޝަން އާއި ރިޕަލްޝަން ދައްކާފައެވެ. 1752 ވަނަ އަހަރު ބެންޖަމިން ފްރެންކްލިން ގަދަ ތޫފާނެއްގައި މަޑި އުދުއްސައިގެން ވިދުވަރުން އުފެދޭ އައްޔަކީ ކަރަންޓުކަން ސާބިތުކޮށްދީފައެވެ.
19 ވަނަ ގަރުނު: ޕަވަރ އެންޑް ލައިޓިން
ބެޓެރީ (1800): އެލެސަންޑްރޯ ވޯލްޓާ އީޖާދުކުރެއްވީ ވޯލްޓޭކް ޕައިލް އަކީ މެދުނުކެނޑި، ސްޓޭބަލް ކަރަންޓެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ބެޓެރީއެކެވެ. އަދި މި ބެޓެރީ ވެގެން ގޮސްފައިވަނީ އިލެކްޓްރިކަލް ދިރާސާތައް ކުރެވޭނެ ފުރަތަމަ ހަގީގީ ބެޓެރީ ކަމަށެވެ.
އިލެކްޓްރޯމެގްނެޓިޒަމް (1820-1830 ގެ އަހަރުތައް): 1831 ވަނަ އަހަރު މައިކަލް ފެރަޑޭ އުފެއްދެވީ ފުރަތަމަ އިލެކްޓްރިކް މޯޓަރާއި، ފުރަތަމަ ޖަނަރޭޓަރ (ޑައިނަމޯ) ވެގެން ގޮސްފައިވަނީ މެގްނެޓިޒަމް އާއި ކަރަންޓް ގުޅުވާލަދިން ވަސީލަތަށެވެ.
ސިނާއީ އުފެއްދުން (1800 ގެ އަހަރުތަކުގެ ފަހުކޮޅު): ތޯމަސް އެޑިސަން އިންކަންޑެސްސެންޓް ލައިޓްބަލްބް ތައާރަފު ކުރިއެވެ. އަދި ސިނާއީ އުފެއްދުންތަކާއި ވިޔަފާރިގެތަކަށް ބޭނުންވާ ފުރަތަމަ އިންޖީނުގެ 1882 ވަނަ އަހަރު ބިނާކުރިއެވެ.
ތާރީހީ މުހިއްމު ސަހުޝިއްޔަތުތައް
ދިވެހިރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފެށުން
ދިވެހިރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފެށުނީ 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މިގޮތުން މާލޭގައި ކަރަންޓު ދިނުމަށްޓަކައި ފުރަތަމަ ބޭނުންކުރެވުނީ 14 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ކަރަންޓުގެ ހިދުމަތް ފޯރުވައި ދިނީ 50 ގޭބިސީއަށެވެ. 'ބޮޑު އިންޖީނުގޭގެ' ނަމުގައި އެކި ދުވަސްވަރު އެކި ނަމުގައި ހިނގަމުން ތަރައްގީވަމުން އައިސް ސްޓެލްކޯ އުފެދުނީ 1997 ވަނަ އަހަރުއެވެ. އަދި ފެނަކަ ކޯޕަރޭޝަން ތައާރަފުވެގެން ދިޔައީ 2012 ވަނަ އަހަރު އެވެ.
ތާރީހީ މުހިންމު ކާމިޔާބީތައް
ހިދުމަތް ފެށުން (1949): ފުރަތަމަ ކަރަންޓުގެ ހިދުމަތް ތައާރަފް ކުރެވުނީ ވެރިރަށް މާލެ ގައި ކުޑަކުޑަ 14 ކިލޯވޮޓްގެ ޖަނަރެޓަރަކުންނެވެ.
ސުޓެލްކޯ އުފެދުން (1997): ދައުލަތުގެ ފަރާތުން ނުވަތަ ސަރުކާރުން މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ދެމުން އައި ކަރަންޓުގެ ހިދުމަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ނަމުގައި ކުންފުންޏެއް އުފެދި، އެ ފުރާޅުގެ ދަށަށް ބަދަލުވެގެން ދިޔައެވެ.
އެކްސްޕެންޝަން (2000 ގެ އަހަރުތައް): އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު އަތޮޅުތެރޭގެ ބޮޑެތި ރަށްތަކުގައި ކަރަންޓުގެ ހިދުމަތް ގާއިމުކުރެވިގެން ދިޔައެވެ.
ސޯލާ ތައާރަފުކުރުން (2012): ސްޓެލްކޯއިން ވިޔަފާރި އުސޫލުން ސޯލާ ޕީވީ ތައާރަފްކުރިއެވެ. އަދި 698 ކިލޯވޮޓްގެ އިންސްޓޯލޭޝަން ހިމެނޭ ގޮތަށް މަޝްރޫއުތައް ފެށިގެން ދިޔައެވެ. އަދި އިތުރު ސޯލާ އިނިޝިއޭޓިވްތަކާއެކު މި ހިދުމަތް ފުޅާކުރި އެވެ.
ކުނިން ހަކަތަ އުފެއްދުން (2019): މާޅޮސްމަޑުލު އުތުރުބުރީ ވަންދޫގައި ފުރަތަމަ ފަހަރަށް ކުނިން ހަކަތަ އުފެއްދުމުގެ ޕުލާންޓު ތައާރަފު ކުރެވިގެން ދިޔައެވެ. މިއީ، ދިވެހިރާއްޖެއިން ހާސިލުކުރި މުހިންމު މައިލްސްޓޯނެކެވެ.
މިހާރުގެ ހާލަތު: މިއަދު ޑީސަލުން އެކަނި ކަރަންޓު އުފެއްދުމުގެ ބަދަލުގައި ސޯލާ ހައިބްރިޑައިޒޭޝަން ގުރިޑެއް ސުޓެލްކޯއިން ވަނީ މާލޭ ސަރަހައްދުގައި ގާއިމު ކޮށްފައެވެ.
ބޭނުންކުރުމުގެ އިވޮލިއުޝަން
19 ވަނަ ގަރުނުގެ ފަހުކޮޅު އަދި 20 ވަނަ ގަރުނުގެ ކުރީކޮޅު ދުނިޔޭގެ ކަންކަޅުތަކުގައި އިލެކްޓްރިކް ޔުޓިލިޓީ ސިސްޓަމްތައް އުފެދިގެން ދިޔައެވެ. މިއާއެކު މަގުބައްތިތައް ދިއްލައި، ވިޔަފާރިބޭނުންތަކަށް ހިދުމަތްދޭ ސިނާއަތަކަށް ކަރަންޓުގެ ސިނާއަތް ވެގެން ދިޔައެވެ.
ކަރަންޓު ބިލު ބޮޑުވަނީ ކީއްވެ؟
ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފުޅާ ދާއިރާއެއްގައި ބަހުސްކުރެވެމުންދާ ހޫނު މައުލޫއެކެވެ. ހުރިހާ ގައުމެއްގެ ކަމާގުޅޭ އިދާރާތަކުން ފާހަގަކުރާ ކަންކަމަކީ ތަފާތު އެއް ކަމެކެވެ. ސުވާލަކީ ކަރަންޓު ބިލު ބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟
ކަރަންޓު ބިލުތައް ބޮޑުވަނީ އެނގިގެނާއި ނޭނގިނަމަވެސް ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓުގެ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން، ބޭނުންކުރާ ކަރަންޓުގެ އާލާތްތަކަކީ ދުވަސްވެ ބާވެފައިވާ ތަކެތިކަމުގައި ވުމާއި، ހީޓަރާއި، އޭސިފަދަ މަތީ ކަރަންޓު ބޭނުންވާ ތަކެތި ބޭނުންކުރުމާއި، ބޭނުމެއް ނެތް ގޮތެއްގައި ބޮކިދިއްލާފައި ބެހެއްޓުންފަދަ ކަންކަން ހިމެނެއެވެ.
ކަރަންޓު ބިލު ބޮޑުވާ މައިގަނޑު ސަބަބުތައް
މޫސުން (އެކްސްޓުރީމް ވެދަރ): ގަދަ ހޫނުގެ ސަބަބުން އޭސީފަދަ ތަކެތި ބޭނުންކުރާ މިންވަރު އިތުރުވެ ކަރަންޓު ހަރަދު ބޮޑުވެއެވެ.
އިންއެފިޝަންޓް/ދުވަސްވީ އާލާތްތައް: ގިނަދުވަސްވެފައިވާ ފުރިޖު، ޑްރައިއަރ، އަދި ދޮންނަމެޝިންފަދަ އާލާތްތައް ބޭނުންކުރުމަކީ ކަރަންޓު ހަރަދު އިތުރުވާ ކަމެކެވެ.
'ވެމްޕަޔަރ' ހަކަތަ އުފައްދާ އާލާތްތައް: ޓީވީ، ކޮމްޕިއުޓަރ، އަދި ޗާޖަރު ފަދަ އިލެކްޓްރޯނިކްސް ތަކެތި ނިންވާލާފައި ސުޓޭންޑުބައިގައި ހުންނަ ވަގުތަކީވެސް ކަރަންޓު ހިނގާ ވަގުތެކެވެ.
ގޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުން: ގޭގައި ގިނަވަގުތު ހޭދަކުރުމާއި ބޭނުންކުރާ ކަރަންޓުގެ ޑިމާންޑު އިތުރުވާ ކަމެކެވެ.
ކަރަންޓް ބިލު މެނޭޖުކޮށް ކުޑަކުރެވިދާނެ ބައެއް ގޮތްތައް
ހޫނު/ފިނި އޮޕްޓިމައިޒްކުރުން: ސީދާ އިރުގެ ހޫނު އެޅޭ ގޮތަށް ހުންނަ ކުޑަދޮރުތަކުގައި ރަނގަޅަށް ދޮރުފޮތިދެމުމާއި ކަރަންޓު ބޭނުންކުރެވޭ މިންވަރު ދެނެގަނެ ހަރަދު ކުޑަކޮށް، މެނޭޖު ކުރުމަށްޓަކައި ޕްރޮގުރާމް ކުރެވޭ ތަމަސްޓޭޓް ބޭނުންކުރުން.
އާލާތްތައް އަޕުގުރޭޑުކުރުން: ބޭނުންކުރާތާ ދުވަސްވެފައިވާ އޭސީއާއި، އައިސްއަލަމާރިފަދަ އާލާތްތަކުގެ ބަދަލުގައި ހަކަތައިގެ ނުވަތަ އެނާޖީ ސުޓާ އިން ރޭޓުކޮށްފައިވާ ހަކަތައާ ރަހުމަތްތެރި މޮޑެލްތުގެ އާލާތްތައް ބޭނުންކުރުން.
ސްމާޓް ޕަވަރ ސްޓްރިޕްސް ބޭނުންކުރުން: ޓީވީ، ކޮމްޕިއުޓަރފަދަ އާލާތްތައް ބޭނުން ނުކުރާ ވަގުތުތަކުގައި ކަރަންޓު ހިނގުން ހުއްޓުވުމަށްޓަކައި ސްމާޓް ޕަވަރ ސްޓްރިޕްސް އިލެކުޓުރޯނިކު ވަސީލަތްތަކުގެ ބޭނުން ހިފާށެވެ.
ކޮންޓްރޯލް ލައިޓިންގ: ގޭގެ ދިއްލުންތައް އެލްއީޑީ ބޮއްކަށް ބަދަލުކޮށްލާށެވެ. އަދި ކޮޓަރީގައި ނުވަތަ ސިޓިން ރޫމުފަދަ ތަންތާގައި ނޫޅޭ ވަގުތު ފަންކާ، އޭސީ، ދިއްލުންތައް ނިވާލެވިފައިވާކަން ޔަގީންކުރާށެވެ. އަދި މުޅި ދުވާލު ހަތަރުދަމު ގޭގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި އާއިލާއެކު ބޭރަށް ނިކުމެލާ، ކުދީންގޮވައިގެން ޕާކަށްގޮސް ކުޅެލާ، މޫދަށް އެރިލާ، ކަސްރަތުކޮށްލުންފަދަ ނަފުސާނީ އަދި ސިއްހީ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަމެއްގައި ހޭދަކޮށްލުމަކީ އާއިލާ ބަދަހިވެ، ކަރަންޓުބިލު ކުޑަވާނެ ކަމެކެވެ.
ކައްކާ އުނދުނާ ދުރުގައި އައިސްއަލަމާރި ބެހެއްޓުން: ކައްކާ އުދުނާއި ކައިރީގައި އައިސްއަލަމާރި ހުރުމަކީ އޭގެ ސަބަބުން މަތީ ކަރަންޓުނަގާ ކަމެކެވެ. އެހެންކަމުން، ކައްކާ އުދުނާއި ވީހާވެސް ދުރެއްގައި އައިސްއަލަމާރި ބެހެއްޓުމަށް ވީހާވެސް ބޮޑަކަށް ސަމާލުކަން ދޭށެވެ.
އޭސީ މެނޭޖުކުރުން: އޭސީއަކީ މަތީ ކަރަންޓު ނަގާ އާލާތެކެވެ. އެހެންކަމުން އަބަދުވެސް ފަންސަވީހުގައި އޭސީ ބެހެއްޓުމަށް ސަމާލުވާށެވެ. އަދި އޭސީގެ އައުޓު ޑޯ ޔުނިޓު ވައި ދައުރުކުރާ ތަނެއްގައި ބެހެއްޓުމަކީ ކަރަންޓު ހަރަދު ކުޑަކޮށްދޭ ކަމެކެވެ.
ޕީކު ޔޫސޭޖު މެނޭޖުކުރުން: ހައި ޕަވަރ އެޕްލިއަންސް (މިސާލަކަށް؛ ދޮންނަ މެޝިން، ހެއާޑުރައިއަރ، ހީޓަރު ފަދަތަކެތި) ޕީކު ގަޑީގައި ބޭނުންކުރުމާއި ދުރުހެލިވެ، އޮފް ޕީކު ގަޑިތަކުގައި އެފަދަ އާލާތްތައް ބޭނުންކުރުން.
އޮޑިޓެއް ހެދުން: އެއްވެސް ސަބަބަކާއި ނުލައި، ގޭގެ ކަރަންޓުބިލު ބޮޑުވާކަމަށް ފާހަގަކުރެވޭނަމަ، ގޭގައި ބޭނުންކުރާ ހަކަތައިގެ އޮޑިޓެއް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ހެދުން.
ދިގުމުއްދަތުގެ ބައެއް ސްޓްރެޓެޖީތައް
ސޯލާ އަށް ބަދަލުކުރުން: ކަރަންޓު ގުރިޑަށް ބަރޯސާވުން ކުޑަކޮށް، ސޯލާ އެނާޖީއަށް އިންވެސްޓްކުރުން.
ހީޓަރު ބޭނުންކުރާ ވަގުތު މަދުކުރުން: ހީޓަރު ބޭނުންކޮށްގެން ހޫނުފެނުން ފެންވަރުމުގައި ހޭދަކުރާ ވަގުތު މަދުކުރުން.




