
ފުލުހުން ބުނީ، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، 2026 މެއި 27 ވަނަ ދުވަހު ށ. ގޮއިދޫއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގެ ތަހުގީގު ފަށާ، އެ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރި މައްސަލައާއި، އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އެންމެހާ ކަންކަން މިހާރު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގޮއިދޫ މިސްކިތުގެ އިމާމުގެ މަގާމުގައި ހުރި އާމިރު ނަމަކަށް ކިޔާ މީހަކު، އޭނާ އަމިއްލައަށް އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް، އޭނާއަށް އޮޅުމަކުން، ގޮއިދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނޭ ވައިބާ ގްރޫޕަކަށް، ފޮނުވުމާ ގުޅިގެންނެވެ.
މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުކަމުގެ ވަޒީފާއިން އޭނާ ވަކިކޮށްފައި ކަމަށާ، އޭނާއަކީ މީގެ ކުރިންވެސް އެފަދަ ތުހުމަތުތަކެއް ކުރެވޭ މީހެއްކަމަށް މައުލޫމާތު ލިބެއެވެ.




