
އަލަށް ގެނައި ބަދަލުތަކަށް އިއްޔެ އިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މިއީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމުގެ މަގުސަދުގައި ގެނެވުނު ބަދަލުތަކެއް ކަމަށް ފުލުހުން ހާމަކުރިއެވެ.
އާ އޮނިގަނޑާ އެއްގޮތަށް މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އާ އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި ތަހުގީގުގެ ދާއިރާއާއި އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ކޮމާންޑްތަކެއްގެ ދަށުން ތަރުތީބު ކުރެވިފައި ވާކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:
.
މީގެ ކުރިން އަމަލު ކުރަމުން ގެންދިޔަ އޮނިގަނޑު ބެހިފައިވަނީ 17 ކޮމާންޑެއްގެ މައްޗަށެވެ. އެ އޮނިގަނޑަކީ 2025 އޮކްޓޯބަރު 1 ވަނަ ދުވަހު އަމަލުކުރަން ފެށި އޮނިގަނޑެކެވެ.
މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ. މީގެ އިތުރުން ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދު ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައި ވެއެވެ.




