ގައްދޫ ފަޅުތެރޭގައި އޮތް މަސްދޯންޏެއް.--
ގައްދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
މަރްޔަމް މުޙައްމަދު 7 ޖޫން 2026 (އާދީއްތަ)   09:54
ގދ. ގައްދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ނިޔާވެފައި ވަނީ ގައްދޫ، އޭޝިޔާ، އިސްހާގް ރަޝީދު، 44 އެވެ.

ފުލުހުން ބުނީ މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލުނު ކަމުގެ ރިޕޯޓު ފަތިހު 5:40 ހާއިރު ލިބިގެން އޭނާ ހޯދުމުގެ މަސައްކަތްކުރަނިކޮށް ފެނުނީ މޫދު އަޑީގައި އޮއްވާ ކަމަށެވެ.

އެމީހާގެ ހަށިގަނޑު ފުލުހުންގެ ލޯންޗެއްގައި ގައްދޫއަށް މިހާރު ގެންގޮސްފައިވާއިރު، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް