
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން ވީއައިއޭ (ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު) މެދުވެރިކޮށް އަތުލައިގަތް މި މަސްތުވާ ތަކެއްޗަކީ ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، އިއްޔެ އަތުލައިގަތް މި މަސްތުވާތަކެތީގެ ބަރުދަނުގައި 8490 ގްރާމް (8.49 ކިލޯ) ހުރި އިރު، ފުރަތަމަ މަރުހަލާގައި ކުރި ތަހުލީލުތަކުން މިއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަމަށް ދެނެގަނެވިފައިވެއެވެ.
މި ތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެއެވެ. ކަސްޓަމްސްއިން އަތުލައިގަންނަ މަސްތުވާތަކެއްޗަކީ، އެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރާ ތަކެތިކަން ފާހަގަކޮށްލެވެއެވެ.




