
މިގޮތުން، ހުތުބާގެ މައުލޫތައް ޒަމާނީ ހަގީގީ މައުލޫތަކަށް ބަދަލުކުރުމަކީ އިސްތިރާތިޖީ ގޮތުން ވަރަށްބޮޑަށް އެދެވިގެންވާ ކަމެކެވެ. އަދި ހުތުބާ ތަކުގައި (ޖެނެރިކް ރިސިޓޭޝަން) ނަފްސާނީ ސިއްހަތު، ޑިޖިޓަލް އެތިކްސް، ތިމާވެށީގެ ކަންކަން ސަމާލުވުން، އާއިލީ ޑައިނަމިކްސް ފަދަ ޒަމާނީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި ހުތުބާތައް ދިނުމުގައި؛
އާއްމު ބަސްމަގު ބޭނުންކުރުން: ދީނީ މައިގަނޑު އުސޫލުތައް ދެމި އޮންނަނީ އަރަބިބަހުންނެވެ. އޭގެ ސަބަބުން މީސްތަކުންނަށް ދީނީ ބައެއްކަންކަން އެގުމުގައި ނުވަތަ އުނގެނުމުގައި ދަތިތަކެއް ހުރެވެ. އަދި ދިވެހި ބަހުގައި ޝަރުއީ މަފުހޫމުތައް ގިނައިން ހުންނަނީ އަރަބިލަފުޒުންނެވެ. ނަމަވެސް އަދުގެ ޖީލަކީ ދިވެހި ބަހަށްވުރެވެސް އިނގިރޭސިބަހަށް ފަރިތަ ބަޔަކަށްވާތީ ޒުވާނުންނަށް ނުވަތަ އަދުގެ ޖީލަށް އެނގޭ ގޮތަށް ވިސްނައިދެވޭތޯ ބަސްމަގު ބަދަލުކުރުމަކީ އެދެވިގެންވާ ކަމެކެވެ. އަދި މާދަރީ ދިވެހިބަހާއިއެކު ނުވަތަ އަރަބި ލަފުޒާއެކު އިނގިރޭސި ބަސް ބޭނުންކުރުމުން ޖަމާއަތަށްކުރާ ފައިދާ ބޮޑުވާނެކަމުގައި ބެލެވެއެވެ.
ބަސްމަގު ޝައުގުވެރި އެއްޗަކަށް ހެދުން: ކުލާހުގައި ނުވަތަ ކޮލެޖުގައި ދޭ ވަން ވޭ ލެކްޗަރ ސްޓައިލަކީ އަހާލަން ފަސޭހަކަމަކަށް ނުވެދާނެއެވެ. އެހެންކަމުން ހުތުބާގެ ނެރޭޓިވް ނުވަތަ ހުތުބާދޭ ގޮތް އާއްމު ބަސްމަގަށް ބަދަލުކޮށްލެވިދާނެއެވެ. އަދި ހުތުބާގައި ދައްކާ ވާހަކަތަކާ ގުޅޭގޮތުން ގެންނަ މިސާލުތައް އީޖާބީ ނުވަތަ ޕޮޒިޓިވް ރިއިންފޯސްމަންޓުގައި ބޭނުން ކުރެވިދާނެއެވެ.
ކުރު ހުތުބާއަކަށްވުން: ހުތުބާ ދިނުމުގައި އެންމެ ރަނގަޅީ ދަރުސް 15 އާއި 20 މިނެޓާ ދެމެދުގެ މުއްދަތެކެވެ. ސަބަބަކީ ހުތުބާތައް ދިގުވުމަކީ އަޑުއަހާ މީހުންގެ ޝައުގުވެރިކަން ގެއްލިދާނެ ކަމަކަށް ވާތީއެވެ. އަދި ވިސްނައިގަތުމަށް ހުރަހަކަށް ވެދާނެތީއެވެ.
ހުތުބާ ބައިތަކަށް ބަހާލުން: ހުތުބާގެ މުގައްދިމާއާއި، ތައުރީފާއި، މައިގަނޑު ފިލާވަޅު ނުވަތަ މައުލޫއާއި، ކުރު އަސަރުގަދަ ދުއާއެއްގެ މައްޗަށް ހުތުބާ ބަހާލެވިދާނެއެވެ.
ޒަމާނީ ގޮންޖެހުންތަކާ ގުޅުންހުރި މައުލޫތައް އިހުތިޔާރުކުރުން: ޒަމާނީ ދިރިއުޅުމުގެ ތެރޭގައި ދުވަހުން ދުވަހަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހަގީގަތްތަކާއި އެއްގޮތަށް ހުތުބާތައް އެޑުރެސް ކުރެވުމަކީ ދަރުސްތަކުން ރޫހާނީ ތަސައްވުރުތަކަށް އަމަލީގޮތުން ދެވޭނެ އިޖާބައެކެވެ.
ޖަޒުބާތީ ގުޅުން ބަދަހިކުރުން: ޖަޒުބާތީ ގުޅުންތަކަށް ފަހިވާގޮތަށް ހަތީބު ނުވަތަ އިމާމު ހުތުބާ ހުށަހަޅައި ދިނުމާއި އެއްގޮތަށް ލޮލުގެ ކޮންޓެކްޓް ބެހެއްޓުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ގުޅުން ބަދަހި ކުރުމަށް ލިބޭ ފަރުވާއެކެވެ. އަދި ހުކުރު ނަމާދަށްފަހުގައިވެސް އެކަކު އަނެކަކާ ސަލާން ގަލާން ކޮށްލާ ހިޔާލު ބަދަލުކޮށްލުމަށް ހިތްވަރުދީ މަރުހަބާ މާހައުލެއް އުފެދިގެންދާނެ ކަމެކެވެ.
މިއަދު ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ރޭވުންތެރިކަމާއެކު ދީނުގެ ކަންކަން އުނގަންނައިދުމަށް ޝައުގުވެރިވާ ލީޑަޝިޕަކަށް ވަނީ ބޭނުން ވެފައެވެ. ބޭނުމަކީ ވަގުތު ފާއިތުނުވަނީސް ރޫހާނީނީ އުސޫލުތަކާއި، މިޒަމާނުގެ ޕްރެޝަރުތައް ކުރިމަތި ކުރުވާ ހަގީގަތްތަކަށް ވެސް ހައްލު ހޯދައި ދިނުމެވެ. މިޒަމާނުގެ ހުތުބާތަކުގެ އަލީގައި ސަގާފީ އިސްލާމީ އިލްމުވެރިކަމާއި ޒަމާނީ ގޮންޖެހުންތަކާ ދެމެދު އޮންނަ ފަރަގު ގުޅުވާލަދޭ މައުލޫތަކާ ކުރިމަތިލައިގެން މުޖުތަމަޢުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިކުރެވިދާނެއެވެ. މިގޮތުން،
1. ޑިޖިޓަލް ވެލްނެސް އެންޑް ދަ އިންފޮމޭޝަން އޭޖް
އެތިކްސް އޮފް އޭއައި އެންޑް ސޯޝަލް މީޑިއާ: އާއީޖާދުތަކާއި ޓެކްނޮނޮޖީގެ ސަބަބުން އިތުރުވާ ގޮންޖެހުންތައް، މިސާލަކަށް؛ ސޯޝަލް މިޑިއާ، އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ފަދަ ކަންކަމުގެ ސަބަބުން ތައާރަފުވަމުން އަންނަ އާ ކަންތައްތަކާއެކު ކޮންމެ ފަރުދެއްގެ ވެސް އުފުލަންޖެހޭ ޒިންމާތަކާއި، ބަލަހައްޓަންޖެހޭ އިންތަކާއި، ހިފަހައްޓަންޖެހޭ އަގުތަކާއި، ޑިޖިޓަލް ސްޕޭސްއާއި، އަމިއްލަ ނަފުސަށް އިހުތިރާމުކުރުމާއި، ވިސްނުންތެރިކަން ރައްކާތެރިކުރުން ހިމެނިގެން ވެއެވެ.
ކޮންބެޓިން މިސްއިންފޮމޭޝަން: މިއީ، ހުތުބާތަކުގައި ސައްހަނޫން މައުލޫމާތުތަކާއި، ފޭކު ހަބަރުތަކާއި، ވާހަކަތައް ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ ޒަމާނެއްގައި ތަބައްޔުން (މައުލޫމާތު ފެތުރުމުގެ ކުރިން އެމައުލޫމާތުގެ ތެދު، ދޮގު ޔަގީންކުރުން) ކުރުމަކީ އިސްލާމީ ރިވެތި އުސޫލުތައް ދަސްކޮށްދިނުމަށް ބާރުއެޅުމެވެ.
މެންޓަލް ހެލްތު އިން ދަ ޑިޖިޓަލް އެރާ: މިއީ، ސްކުރީން އެޑިކްޝަނާއި އިޖުތިމާއީ އަޅާކިޔުމުގެ ސަބަބުން އަމިއްލަ ނަފުސަށްކުރާ އަސަރާއި، ވިސްނުންތެރިކަން ރައްކާތެރި ކުރުމަށް ހުތުބާ ތަކުގައި ބާރު އެޅުމެވެ.
2. މެންޓަލް ހެލްތު އެންޑް ޕާސަނަލް ވެލްބީން
ސްޓިގްމަޓައިޒިން ކައުންސެލިން: މިއީ، ހުތުބާތަކުގައި ނަފުސާނީ ދުޅަހެޔޮކަމާއި، ހީވާގިކަމާއެކު ދިރިއުޅުމަށް ބޭނުންވާ ތެރަޕީތައް ނެގުމަށް ހިއްވަރުދިނުމާއި، ޕްރޮފެޝަނަލް މެޑިކަލް އަދި ސައިކޮލޮޖިކަލް އެހީތެރިކަމާއެކު ރޫހާނީ ރިލަޔަންސް (ތަވަކުލް) ކުރުމަށް ބާރުއެޅުމެވެ.
ބާންއައުޓް އިން އަރައިގަތުން: މއީ،ވޯކް-ލައިފް ބެލެންސް ކުރުމާއި، ސްޓްރެސް މެނޭޖުކުރުމާއި، ޒަމާނީ، ހައިޕަރ މެޓީރިއަލިސްޓިކް ހަސްލް ކަލްޗަރގެ މަޅިން ދުރުހެލިވުމާ ބެހޭ ގޮތުން އިސްލާމީ ނަޒަރިއްޔާތުގައި ބޭނުންވާ އެހީތެރިކަން ހުތުބާގައި ފޯރުކޮށް ދިނުމެވެ.
3. ފެމިލީ ޑައިނަމިކްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް
ޑޮމެސްޓިކް ވައިލެންސް އަށް އެޑްރެސްކުރުން: މިއީ، ހުތުބާގައި އަނިޔާއަކީ ކޮބައިކަން ސާފުކޮށް ބުނެދިނުމާއި، މައްސަލަތައް ނުވަތަ ކޮންފްލިކްޓްތައް ހައްލުކުރުމަށް ދަސްކޮށްދިނުމެވެ.
ރިޑިފައިނިން މެރިއޭޖް: މިއީ، ހުތުބާގައި ދުޅަހެޔޮ، އިހުތިރާމް ލިބިގެންވާ ކައިވެނިތައް ކުރިއެރުވުން ހިތްވަރު ދިނުމެވެ. އަދި އަގުބޮޑު މާއްދީ ކައިވެނިތައް ދިރިއުޅުމުގެ އަހުލާގުތަކާއި އެއްގޮތްކުރުމާއި، ހަޔާތުގެ ބައިވެރިން އެކަކު އަނެކަކަށް އެއްބާރުލުން ދިނުމަށް ފޯކަސް ކުރުމަށް ބާރު އެޅުމެވެ.
4. ކޮމިއުނިޓީ އެންގޭޖްމަންޓް އެންޑް ސޯޝަލް ޖަސްޓިސް
އެކްޓިވް ސިޓިޒަންޝިޕް އެންޑް ސިވިކް ޑިއުޓީ: މިއީ، މަދަނީ މުޖުތަމައުގެ ތެރޭގައި ސިޔާސީ ބައިވެރިވުމާއި، ވޯޓުލުމާއި، ޑިސިޕްލިންޑް އެޑެޕްޓޭޝަންގެ މުހިންމުކަމާ ބެހޭގޮތުން ހުކުރު ހުތުބާގައި ބާރުއެޅުމެވެ.
އެންވަޔަރަންމަންޓަލް ސްޓޫވަޑްޝިޕް: މިއީ، ތިމާވެށްޓާގުޅޭ ގޮތުން އިސްލާމްދީނުގައި އައިސްފައިވާ ދުނިޔޭގެ އަމާނާތްތެރިކަން، ކޮންޒަވޭޝަން އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ހަނގުރާމަކުރުމާއި، ނަސްލީ ތަފާތުކުރުމުން އެއްފަރާތްވުމާއި، ހުރިހާ ފަރާތްތަކެއް ހިމެނޭ ޖަމާއަތެއް ބިނާކުރުމަށް ރަސޫލާ ދެއްވާފައިވާ މަތިވެރި އިރުޝާދުތަކުގައި ހިފުމަށް ހުތުބާގައި ބާރު އެޅުމެވެ.
5. ޒަމާނީ ފިގުހު
މޮޑަން ބަޔޯއެތިކްސް: މިއީ، އައިވީއެފް، ސެރޮގޭސީ، އަދި މެޑިކަލް އެންޑް އޮފް ލައިފް ނިންމުންތަކާ ގުޅޭ ކޮމްޕްލެކްސް ދީނީ ހުކުމްތައް ހުތުބާގައި އޮޅުން ފިލުވައި ދިނުމެވެ.
އިސްލާމިކް ފައިނޭންސް: މިއީ، އޮންލައިން ކެސިނޯތަކާއި، މާލީ ފައިދާލިބޭ ގޭމްތަކާއި، އޮޑުޖެހުމާއި، ކްރިޕްޓޯ-އެސެޓްތަކާއި، ޒަމާނީ ރަހުނުތަކާއި، އިންވެސްޓްމަންޓްތަކުގެ ވަށައިގެންވާ އުސޫލުތައް ޝަރުއީ އުސޫލުތަކާއި، ހުކުމްތައް ބަޔާންކޮށްދީ، ހަލާލު ދިރިއުޅުމެއް އުޅުމަށް ހުތުބާގައި އިރުޝާދުދީ، މަގުފަހިކޮށްދިނުމެވެ.




