
މީގެ ފައިދާތަކުގެ ތެރޭގައި މާލެއާ ދުރު އަތޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް ޕާސަނަލައިޒްޑް އެއައި ޓިއުޝަން ދިނުން، މުދައްރިސުންގެ ވަގުތު ސަލާމަތް ކުރުމަށް ގްރޭޑިންގ އޮޓޮމެޓިކް ކުރުން، ތައުލީމީ ފަރަގުތައް ނައްތާލައި ޓެކްނޮލޮޖީއަށް ބަރޯސާވާ މުޖުތަމައުއެއް ބިނާކުރުން ހިމެނެއެވެ. މިގޮތުން؛
1. ޖިއޮގްރަފިކް ޑިވައިޑްސް ބްރިޖިން: ދިވެހިރާއްޖެއަކީ ކަނޑުގެ ޖަޒީރާ ގައުމެވެ. ޖިއޮގްރަފީގެ މި ތަބީއަތަށް ބަލާއިރު ރަށްތައްހުރީ ވަރަށް ދުރުގައެވެ. އެކި ސަރަހައްދުތަކަށް ބެހިފައެވެ. އެހެންކަމުން އޭއައި ބޭނުންކުރުމުން ހުރިހާ މަދުރަސާއެއްގެ ދަރިވަރުންނަށްވެސް ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ ގޮތް ކަށަވަރުކޮށްދެއެވެ. މި ކަށަވަރުކަން ދަރިވަރުން ހޯދަނީ 'އެޑަޕްޓިވް ލާނިން ސިސްޓަމް' ގެ ތެރެއިންނެވެ. މި ސިސްޓަމްގެ ސަބަބުން ދަރިވަރުންނަށް އަމިއްލަ ސްޕީޑުގައި އުނގެނުމުގެ ފުރުސަތު ލިބެއެވެ. އަދި ސްޕެޝަލައިޒް މުދައްރިސުން ލިބުމުގެ ހުސްޖާގަ ވާޗުއަލް ޓިއުޓަރުން ސްޓަޑީ ކޮމްޕެނީންގެ ގޮތުގައި ސައުވީސްގަޑިއިރު މަސައްކަތްކޮށް ފުރަލަ ދެއެވެ.
2. ޕާސަނަލައިޒްޑް އެންޑް އިންކްލޫސިވް ލާރނިން: އޭއައި އިން ވަކިވަކި ދަރިވަރުންގެ ޕާފޯމަންސް ތަހުލީލުކުރެއެވެ. އެއަށްފަހު ދަރިވަރުގެ އުނގެނުމުގެ ބޭނުންތަކަށް ތަރުތީބުކޮށްފައިވާ ލެސަން ޕްލޭންތައް އެކުލަވާލައެވެ. މީގެ ސަބަބުން އެއްވެސް ދަރިވަރަކު ތައުލީމު ލިބުމުން ބާކީނުވާނެކަމުގެ ޔަގީންކަން ލިބިގެންދެއެވެ. އަދި ހަގީގީ ވަގުތު ނުވަތަ ރިއަލް ޓައިމްގައި އުނގެނުމުގެ ފަރަގުތައް ދެނެގަނެވި އެކަން އިސްލާހުކުރުމުގެ ފުރުސަތު މަދުރަސާތަކުގެ ވެރިންނަށް ލިބިގެން ދެއެވެ.
3. ފިއުޗަރ-ރެޑީ ސްކިލް ޑިވޮލޮޕްމަންޓް: މުސްތަގުބަލަށް ތައްޔާރު ހުނަރު ތަކަކީ ދަރިވަރުންގެ ތައުލީމީ މަންހަޖުގެ ތެރެއިން ހާސިލުކުރަންޖެހޭ ލަނޑުދަނޑިއެކެވެ. މިގޮތުން މަދުރަސާތަކުގެ ސިލަބަހުގައި އޭއައި ލިޓްރެސީ، މިސާލަކަށް؛ ރިސާޗް، ތަރުޖަމާ، ޕްރޮޖެކްޓް އައިޑިއޭޝަނަށް، އޭއައި ޓޫލްސް ބޭނުންކުރަން ދަސްކުރުން ފަދަކަންކަން ހިމެނުމަކީ ދިވެހި ޒުވާނުން ކުރިއަރަމުން އަންނަ ދުނިޔޭގެ އިގުތިސޯދަށް ލޯ ހުޅުވާލަދޭނެ ކަމެކެވެ. އަދި ދަރިވަރު މުސްތަގުބަލަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ކްރިޓިކަލް ތިންކިން ސްކިލްސް ގެ ސަބަބުން ވަކި ފަރާތަކަށް ނުޖެހޭ މައުލޫމާތު ދަރިވަރުންނަށް ދެނެގަނެވެއެވެ. މިއާއެކު އޭއައި މެދުވެރިކޮށް ޑާޓާ ނުވަތަ އައުޓުޕުޓު ކްރިޓިކަލްކޮން ވަޒަންކުރުމުގެ ގާބިލުކަން ދަރިވަރަށް ލިބިގެން ދެއެވެ.
4. އެމްޕަވަރިން އެޑިޔުކޭޓާސް: ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ސުވައިޒަރުންނާއި، މުދައްރިސުންގެ ގާބިލުކަން އިތުރުކޮށް، ބާރުވެރިބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އިސްކަމެއް ދެވިފައި އޮންނަ ކަމެކެވެ. މިގޮތުން ލެސަން ޕުލޭން ހެދުން، ރޫބްރިކްސް ޑްރާފްޓްކުރުން ފަދަ ދުވަހުގެ މަސައްކަތްތަކަށް އޭއައި ގެ އާލާތްތައް މުދައްރިސުންނަށް ބޭނުން ކުރެވިދާނެއެވެ. އޭގެ ސަބަބުން ކުލާހުގެ މަސައްކަތަކަކީ ކަރުދާސް މަސައްކަތަށްވުރެ މާނަހުރިކަމަކަށް ހެދިދާނެއެވެ. އަދި އެއްބައެއްގެ ތަޖުރިބާ އަނެއްބަޔަކާ ހިއްސާކުރެވިދާނެއެވެ.
ސްޓްރެޓެޖީތައް
ޒިންމާދާރު ގޮތެއްގައި ދަރިވަރުންނަށް އޭއައި ބޭނުންކުރުން ދަސްކޮށްދިނުމަށް ގެންގުޅޭ އިސްތިރާތިޖީތަކެއް ހުރެއެވެ. މިގޮތުން، އަތުން ކުރެވޭ އޭއައި ލިޓްރެސީ ހަރަކާތްތައް ތައުލީމީ މަންހަޖުގައި ހިމަނައިގެން ޒިންމާދާރު ގޮތެއްގައި އޭއައި ބޭނުންކުރަން ދަރިވަރުންނަށް ދަސްކޮސް ދެވިދާނެއެވެ. އަދި އޭއައި ބޭނުންކުރުމުގެ ކުރިން ދަރިވަރުން އަމިއްލައަށް ހިޔާލުތައް ޑުފާޓުކުރެވިދާނެއެވެ. އަދި އޭއައިގެ ހުރިހާ އައުޓްޕުޓްތަކެއްގެ އެކުއަރަސީ ނުވަތަ ބަޔާސްކަން ޔަގީންކުރުމަށްޓަކައި މަސްދަރުތައް މެންޑޭޓުކުރެވިދާނެއެވެ. އަދި ޓޫލްތައް ބޭނުންކޮށްގެން މަސައްކަތްކުރި ގޮތުގެ ތަފްސީލީ ރިފްލެކްޝަން ލޮގްތައް ހުށަހަޅަން ވާނެއެވެ.
ޒިންމާދާރު ގޮތެއްގައި ބޭނުންކުރާ އިސްތިރާތިޖީތައް ދައުރުވަނީ އަމަލީ ސާފު ގައިޑުލައިންތަކާއި، ކުރިޓިކަލް ތިންކިންގެ މައްޗަށެވެ. މިގޮތުން،
އެސްޓެބްލިޝް ކުލިއަރ ބައުންޑަރީސް: ކުލާހުގައި ބޭނުންކުރުމަށް އޭއައި ޕޮލިސީއެއް ކަނޑައެޅިދާނެއެވެ. މިގޮތުން އެކަށައަޅާ ސިޔާސަތުގައި އޭއައި އަކީ ގަބޫލުކުރެވޭ ބްރޭންސްޓޯމިންއެއް ނުވަތަ އެޑިޓިން އެއިޑެއް ކަމަށާއި، އެސައިމެންޓްތައް ފުރިހަމަ ކުރުމަކީ ދަރިވަރުގެ ކަމެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ.
އެންކަރޭޖް ހިއުމަން ފަސްޓް ޑުރާފްޓް: އޭއައި އާއި މަޝްވަރާ ކުރުމުގެ ކުރިން ދަރިވަރުން އަމިއްލައަށް ރަފް އައުޓްލައިންތައް އަޅައި، މަސައްކަތް ފެށުމަށް ބާރުއަޅަންވާނެއެވެ. އަދި ޓެކްނޮލޮޖީއަކީ އުނގެނުމުގެ މަރުހަލާގައި ބޭނުންހިފާ ސަޕްލިމެންޓެއްކަން ޔަގީންކުރާށެވެ.
ޓީޗް ފެކްޓް ޗެކިން އެންޑް ސްކެޕްޓިސިޒަމް: އޭއައި އާއި މެދު ކަންތައް ކުރާނީ އިންސާނަކު ލިޔެފައިވާ ޑްރާފްޓެއް ފަދައިންނެވެ. އަދި އޭއައި އިން އުފައްދާ ޖަވާބުތަކަށް ހުރި ގޮންޖެހުންތައް ދަރިވަރުންނަށް އުނގަންނައި ދޭށެވެ. އަދި މައްސަލައިގައި ހުރި އިދިކޮޅު ހިޔާލު ނުވަތަ ވިޔުޕޮއިންޓްސް އަކީ ކޮބައިތޯ އޭއައިއާ ސުވާލުކުރަން ދަރިވަރު ކައިރީގައި ބުނާށެވެ. އޭގެ ބޭނުމަކީ އިތުބާރު ހުރި މަސްދަރުތަކާ ދެކޮޅަށް ހުރި ހުރިހާ ކުލޭމެއް ޔަގީންކުރުމާއެކު ދަރިވަރުންނަށް ދަސްކޮށް ދިނުމެވެ.
މެންޑޭޓް ޕްރޮސެސް ޓްރާންސްޕޭރެންސީ: ދަރިވަރުންގެ އޭއައި ޗެޓްތައް މުދައްރިސާ ހިއްސާކުރުމަށް ބުނާށެވެ. އަދި ދަރިވަރުންގެ އަމިއްލަބަހުން އޭއައިގެ ފީޑުބެކު ހުލާސާ ކުރުވާށެވެ. އަދި ދަރިވަރުން ބޭނުންކުރި ޕްރޮމްޕުޓްތައް އެކުދިން ލައްވާ ލިޔުއްވާށެވެ. ނުވަތަ ޑޮކިޔުމެންޓު ކުރުވާށެވެ.
ޕްރޮޓެކްޓް ޑޭޓާ ޕްރައިވެސީ: ޕަބްލިކް ދަރިވަރުންގެ އަމިއްލަ މައުލޫމާތު (ޕާސަނަލީ އައިޑެންޓިފައިބަލް އިންފޮމޭޝަން (ޕީއައިއައި)، މިސާލަކަށް؛ ދަރވަރުގެ ނަން، އާއިލީ ތަފުސީލުފަދަ ކަންކަން ޕަބްލިކް އޭއައި މޮޑެލްތަކުގައި ބޭނުން ކުރިޔަ ދީގެން ނުވާނެއެވެ.
އުންމީދަކީ އަދި އަޒުމަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ ތައުލީމީ މަންހަޖުގައި އޭއައި ހިމެނި އޭގެ ނަފާ ގައުމުގެ މުސްގަބުލަށްލިބި، ރޯޝަން ވުމެވެ.




