ގައުމީ ބޮޑީބިލްޑިންގ ޓީމު ކާމިޔާބީތަކަކަށް ފަހު އެނބުރި ރާއްޖޭގައި - ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ގައުމީ ބޮޑީބިލްޑިންގ ޓީމުން ކާމިޔާބީތަކަކާއެކު ރާއްޖެ އަތުވެއްޖެ
ބޮޑީ ބިލްޑިން ޓީމު އެނބުރި gaއުމަށް އައުމުން ހޫނު މަރުހަބާއެއް ކިޔާފައިވޭ
ޖުނާން އަޙުމަދު 11 ޖުލައި 2026 (ހޮނިހިރު)   16:12
ރާއްޖޭގެ ގައުމީ ބޮޑީ ބިލްޑިން ޓީމުން 16 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގައި ބައިވެރިވެ، ރާއްޖެއަށް ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު ގައުމަށް އެނބުރި އަތުވެއްޖެއެވެ.

އޭޝިއާގެ ވަރުގަދަ ބޮޑީބިލްޑިން އަދި ފިޒީކް އެތްލީޓުން ވާދަކުރި މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި މި ޓީމު އެނބުރި ރާއްޖެއަށް އައުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައި ވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރުއެވެ.

ބޫޓާނުގެ ތިމްފޫގައި ކުރިއަށްދިޔަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕު އޮތީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު، މި މުބާރާތުގައި ރާއްޖެއިން ޖުމްލަ 3 މެޑައްޔެއް ވަނީ ހޯދާފައެވެ.

މިމުބާރާތުގައި، މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 167 ސީއެމްގައި ވާދަކުރި އަޒްނީން ރަޝާދު ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައި ވާއިރު، ރިހި މެޑަލް ހޯދައިދިނީ އަލީ މަބްރޫކް ލަޠީފް އާއި، އަހްމަދު ނައީމް އެވެ.

މި ދެ އެތުލީޓުންގެ ތެރެއިން މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 175 ސީއެމްގައި ވާދަކޮށްގެން މަބްރޫކް ރިހި މެޑައްޔެއް ހޯދިއިރު، ނައީމް ރިހި މެޑަލް ހޯދީ މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 170 ސީއެމް ކެޓެގެރީގައި ވާދަކޮށްގެންނެވެ.

އަދި މީގެ އިތުރުން، މެންސް ބޮޑީބިލްޑިންގ 55 ކޭޖީއިން އިބްރާހިމް ސިވާހްވެސް ހަތަރުވަނަ ހާސިލްކޮށްފައި ވާއިރު، މެންސް ބޮޑީބިލްޑިންގ ޖޫނިއާ ގައި ވާދަކޮށް އަހްމަދު ރިޒާން ނިޒާރް ވެސް ވަނީ ހަތަރުވަނަ ހޯދާފައި ކަން ފާހަގަކޮށްލެވެއެވެ.your imageގައުމީ ބޮޑީބިލްޑިންގ ޓީމު ކާމިޔާބީތަކަކަށް ފަހު އެނބުރި ރާއްޖޭގައި - ފޮޓޯ: ސްޕޯޓްސް މިނިސްޓްރީއަދި މެންސް ސްޕޯޓްސް ފިޒީކް އަޕް ޓު 175 ސީއެމްއިން ހަތަރުވަނަ އިނާޒް ޔޫސުފް ހޯދިއިރު، މެންސް ސްޕޯޓްސް ފިޒީކް އަޕް ޓު 170 ސީއެމްއިން ރާއްޖެއަށް ފަސްވަނަ ވެސް ވަނީ ލިބިފައެވެ.

16 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ގައުމީ ބޮޑީބިލްޑިންގ ޓީމުގެ މެނޭޖަރަކީ މުހައްމަދު ނަޒީހް ކަމަށް ވާއިރު، އެ ޓީމަށް ކޯޗުކަން ކޮށްދީފައިވަނީ، ކޯޗް އަބްދުލްހަސީބް ހުސައިންއެވެ.

ކޮމެންޓް