ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އައިކޮމްގެ ވާޖިބަށް ހުރަސްއެޅުމުން ރައީސް އޮފީސް ޖޫރިމަނާކޮށްފި
ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް ހުށަހެޅި ފަސް ހުށަހެޅުމަކަށް ވެސް އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއްނުވޭ - އައިކޮމް
ޖުނާން އަޙުމަދު 13 ޖުލައި 2026 (ހޯމަ)   18:06
އައިކޮމް (އިންފޮމޭޝަން ކޮމިޝަނަރު) ގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަޅަމުންދާ ކަމަށް ކަނޑައެޅުމަށް ފަހު 2,000 ރުފިޔާ އިން، ރައީސް އޮފީސް ޖޫރިމަނާކުރުމަށް މިއަދު ނިންމައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް ފޯރުކޮށްދޭން ދޭ މުއްދަތުތަކުގައި ރައީސް އޮފީހުން ޖަވާބު ފޯރުކޮށްނުދޭތީ އެކަމުގެ ސަބަބުން ރައީސް އޮފީސް ޖޫރިމަނާކުރުމަށް ނިންމީކަމަށް ބުނެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިއަދު ބޭއްވި އާންމު އަޑުއެހުމެއްގައި، ވިދާޅުވީ ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް ހުށަހެޅި ފަސް ހުށަހެޅުމަކަށް ވެސް އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.

އާހިދު ވިދާޅުވީ, މައުލޫމާތުތައް ފޯރުކޮށްދޭން ދޭ މުއްދަތުތަކުގައި ޖަވާބު ފޯރުކޮށްދޭން ރައީސް އޮފީހަށް ވަރަށް ގިނަ ފަހަރު އަންގާފައިވާ ކަމަށާ، މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފުރުސަތު ދިނުމަށްފަހު ޖަވާބު ދިނުމަށް އެންގޭ އެންގުމަށް ރައީސްއޮފީހުންް އެއްގޮތަކަށްވެސް އަމަލުކޮށްފައި ނުވާ ނުވުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅުން ކަމުގައި ބެލެވޭފަދަ އަމަލެއް ކަމަށެވެ.

"މިއަދު މި ބޭއްވުނު ފަސް ޝަކުވާގައި އިދާރާއިން އަމަލުކޮށްފައިވާ ގޮތްތަކަށް ބަލާއިރުގައި އިދާރާއިން މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުތަކުގައި ފުރަތަމަ ބައްދަލުވުމުގައި ފޯރުކޮށްދިނުމަށް އެދި ފުރުސަތު ދިނުމަށްފަހު ޖަވާބު ދިނުމަށް އެންގޭ އެންގުމަށް އިދާރާއިން އެއްގޮތަކަށްވެސް އަމަލުކޮށްފައި ނުވާ ނުވުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅުން ކަމުގައި ބެލެވޭފަދަ އަމަލެއް،" - އަހުމަދު އާހިދު ރަޝީދު

ކޮމިޝަނުން ކަނޑައެޅި މުއްދަތުގައި އެ ފަސް މައްސަލައަށް ޖަވާބުނުދީ 45 ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފި ނަމަ ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވާނެ ކަމުގެ އިންޒާރު ވެސް މިއަދުގެ އަޑުއެހުންތަކުގައި އާހިދު ދެއްވާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިހެން ވިދާޅުވި ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައީ ރައީސް މުއިއްޒު އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުން ހާމަނުކޮށް ބާއްވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާ، އެމަނިކުފާނު ހިންގަވާނީ ދެފުށްފެންނަ ހާމަކަންބޮޑު ސަރުކާރެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކޮމެންޓް