
އެކަން ރަސްމީކޮށް އެންގެވުމުގެ ގޮތުން، ހުކުރުދުވަހު ކޮންގްރެސްއަށް ފޮނުއްވި ސިޓީގައި ޓްރަމްޕް ވިދާޅުވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މި އަސްކަރީ ފިޔަވަޅުތަކަކީ އެމެރިކާގގައުމީ ސަލާމަތާއި އެ ގައުމުގެ ެ ރައްޔިތުންނާއި، ބޭރުގެ ސިޔާސަތުތައް ހިމާޔަތްކުރުމަށް ރައީސްގެ ހައިސިއްޔަތުން އޭނާއާ މަތިކޮށްފައިވާ ޒިންމާގެ ދަށުން އެޅުއްވި ފިޔަވަޅުތަކެއް ކަމަށެވެ.
އެހެންކަމުން މިކަމަކީ، ކޮންގްރެސްގެ ހުއްދައަކާ ނުލައި، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި އަސްކަރީ ބާރު ބޭނުންކުރުމުގެ ފުރުސަތު ހޯދުމަށް ޓްރަމްޕް ކުރިކަމެއްކަމަށް ބެލެވޭ ކަމުގައި މަސްރަހު ދިރާސާކުރައްވާ ބޭފުޅުން އަންނަނީ ސިފަކުރައްވަމުންނެވެ.
ޓްރަމްޕް މިކަމަށްޓަކައި މީގެ ކުރިން އެޅުއްވި ފިޔަވަޅުތަކުގެ ތަފްސީލު ވެސް ދެއްވާ މި ސިޓީގައި ޓްރަމްޕް ބުނެފައި ވަނީ، އޭގެ ތެރޭގައި އޭޕްރިލް 7 ގައި ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް ކުރެއްވި އަމުރާއި، އެ މުއްދަތު އިތުރުކުރެއްވުމާއި، އަދި ސުލްހަވެރި ހައްލެއް ހޯދުމަށް ސަރުކާރުން ކުރި މަސައްކަތްތައް ވެސް ހިމެނެ އެވެ.
އެމެރިކާއިން އިޒްރޭލާ ގުޅިގެން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.




