
އޭނާ ޝަހީދުކޮށްލި ހަމާލާ އިސްރާއީލުން ދީފައިވަނީ، މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗު ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކަމަށް ވާއިރު، އެވަގުތު އޭނާ ހަރަކާތްތެރިވީ، ސްކްރީންތައް ބެހެއްޓުމުގެ މަސައްކަތުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މިދިޔައަހަރުގެ އޮކްޓޫބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގައި، އެއްބަސްވުމަކަށް އައި ފަހުން ވެސް، އިސްރާއީލުން މެދުކެނޑުމެއް ނެތި އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުން އަންނައިރު،
އިސްރާއީލުން އެމީހުންގެ ހަމަލާތައް އަމާޒުކުރަނީ ހަނގުރާމަވެރިންނަށް ކަމަށް ބުނިނަމަވެސް އޮކްޓޫބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އަމަލީގޮތުން ހިނގަން ފެށި ފަހުން ވެސް، މަދުވެގެން 1,084 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 258 ކުޑަކުދިން ވެސް ހިމެނެ އެވެ.
އަދިހަމަ އެ މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ފަސް ސިފައިން ވެސް މަރުވެފައި ވާއިރު، އިސްރާއީލު ސިފައިން ބުނެފައި ވަނީ، ފުޓްބޯޅަ މެޗުތައް ދެއްކުމުގެ އިންތިޒާމުތަކުގައި އުޅުނު އަލް-ވަހީދީއަކީ އެމީހުންގެ އަމާޒެއް ނޫން ކަމަށެވެ.
އަދި އެ ހަމަލާއަކީ ހަމާސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށާއި، ކާރު ދުއްވަން އިން ދަގްމުޝްއަކީ އެމީހުން ހޯދަން ބޭނުންވި މީހާާތޯ ބަލަމުންދާ ކަމަށް އިސްރާއީލުން ބުނެފައިވެ އެވެ.
މި ހަމަލާ ދިނުމުގެ ބައިގަޑިއިރު ކުރިން ވެސް އިސްރާއީލުން އެ މަގަށް ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.




