އެމްޓީސީސީގެ އަހަރީ އާންމު ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: އެމްޓީސީސީ
އިދާރީ ފިޔަވަޅެއްގެ ގޮތުން އެމްޓީސީސީ ޖޫރިމަނާކޮށްފި
މަރްޔަމް މުޙައްމަދު 4 އޯގަސްޓް 2026 (އަންގާރަ)   08:55
މާލީ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ އިދާރީ ފިޔަވަޅެއްގެ ގޮތުން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ޖޫރިމަނާކޮށްފި އެވެ.

ސީއެމްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނީ، ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދުގެ މާއްދާއަކާ ހިލާފުވާ ނުވަތަ ގަވާއިދާ އެއްގޮތަށް އަމަލުނުކުރާ ކުންފުނިތަކާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެ އޮތޯރިޓީއަށް ލިބިގެންވާ ކަމަށެވެ.

އެމްޓީސީސީ އިން 2025 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓާއި، އެ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާކަން ފާހަގަކޮށް ސީއެމްޑީއޭ އިން ބުނެފައިވަނީ އެހެންވެ 30،000ރ. އިން އެމްޓީސީސީ ޖޫރިމަނާކޮށްފައި ވާކަމަށެވެ.

ސީއެމްޑީއޭގެ އިއުލާން އިއްޔެ ނެރެފައިވަނީ އެމްޓީސީސީ ޖޫރިމަނާކުރިކަން އެ ކުންފުންޏަށް މިމަހުގެ 2 ވަނަ ދުވަހު އެންގިކަން އާންމުކޮށް ހާމަކުރުމުގެ ގޮތުންނެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުތައް ގަވާއިދާ އެއްގޮތަށް ހުށަހަޅާފައި ނުވާއިރު، އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ދުވަސްވީ ޕަބްލިކް ކުންފުންޏެވެ.

ކޮމެންޓް