އެމްޓީސީސީ، އޭއައިއޭ އަދި އެމްއޭސީއެލްގެ ބޯޑަށް އަލަށް އައްޔަނުކުރި މެންބަރުން.-- ފޮޓޯ: ޕީސީބީ
ސަރުކާރު ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލުތަކެއް ގެނެސްފި
ހަސަން އިބްރާހީމް 24 ޖޫން 2026 (ބުދަ)   22:44
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ހަވީރު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓުތަކެއްގައި ބުނީ ސަރުކާރުގެ ދެ ކުންފުންޏެއްގެ ބޯޑުން ދެ ބޭފުޅަކު ވަކިކޮށްފައިވާ ކަމަށާއި ސަރުކާރުގެ އިތުރު ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުންތަކެއް އައްޔަނުކޮށްފައިވާ ކަމަށެވެ.

އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުގެ މަގާމުގައި ހުންނެވި އާމިނަތު ރައިޝަމް ވަނީ އެ މަގާމުން މިއަދު ވަކިކޮށްފަ އެވެ. އަދި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑު މެންބަރުކަމުން އާއިޝަތު އަލީ ވަނީ މިއަދު ވަކިކޮށްފަ އެވެ.

އަލަށް ބޭފުޅުން އައްޔަނުކުރައްވާފައި ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) އަށާއި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑަށެވެ.

އެމްޓީސީސީގެ ބޯޑު މެންބަރުކަމަށް އަދި ޗެއާޕާސަންކަމަށް އައްޔަނުކޮށްފައި ވަނީ ސައާދާ އިބްރާހިމް، ދަފުތަރު ނަންބަރު ރސ 14819 އެވެ. އޭއައިއޭގެ ބޯޑު މެންބަރުކަމަށް އައްޔަނުކޮށްފައި ވަނީ ޝެރީނާ ސާލިހު، ވެލްކަމްވިލާ، ސ. ހިތަދޫ އެވެ. އެމްއޭސީއެލްގެ ބޯޑު މެންބަރުކަމަށް އައްޔަނުކޮށްފައި ވަނީ އަހުމަދު ނާސިފު، ރިވާސައިޑް، ސ. ހުޅުދޫ އެވެ. ނާސިފް އަކީ ކުރިން އެޗްޑީސީގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނަވަނިކޮށް 2025 މާޗްގައި ވެމްކޯގެ ޗެއާމަން ކަމަށް ބަދަލުކުރި ބޭފުޅެކެވެ.

ކޮމެންޓް