
އެކަން ހާމަކުރައްވާ، ސޯޝަލް މީޑިއާގައި، ޝާހިދު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މިސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް މުވައްޒަފުންނެއް ވަކިކުރަމުންދާ ކަމަށާ، މިއަދުގެ ސަރުކާރަކީ ޚުދުމުހުތާރު، އަނިޔާވެރި ސަރުކާރެއް ކަމަށެވެ.
އަދި މި ސަރުކާރުން ރައްޔިތުންނަށް ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، ޝާހިދު ވިދާޅުވީ، ސަރުކާރުން ހަރަދު ކުޑަކުރާނަމަ ބޮޑެތި ވަޒީފާތަކަށް މުވައްޒަފުން ނެގުން ހުއްޓާލުމަށް ގޮވާލައްވާ ކަމަަށެވެ.
އެހެންކަމުން، މި ސަރުކާރުން އަނިޔާވެރިކަމާއެކު މި ވަކިކުރާ މީހުންނަށް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ޝާހިދުގެ ވެރިކަމެއްގައި ހައްގު ބަދަލު ހޯއްދަވައިދެއްވާނެ ކަމަށް ޝާހިދުގެ ވީޑިއޯ މެސެޖްގައި ވަނީ ވިދާޅުވެފައެވެ.




