
ހިސާން މަގާމުން ވަކިކޮށްފައިވާކަން އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައި ވީނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އުފެއްދީ 2004 ވަނަ އަހަރު ރާއްޖެއަށާއި އޭޝިއާގެ ގިނަ ގައުމުތަކަކަށް ކުރިމަތިވި ސުނާމީއަށް ފަހު ކުއްލި ހާލަތުގައި މީހުންނަށް އެހީވުމަށާއި ރާއްޖެއަށް ލިބުނު އެހީގެ ކަންކަން ބެލެހެއްޓުމަށެވެ.
އެ ސެންޓަރު އުފެއްދުމާ އެކު އެތަން ހިންގަވަން ސަރުކާރުން އައްޔަން ކުރި ހިސާން އޭރު ހުންނެވީ މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް(އެމްއެންޑީއެފް)ގެ ލާންސްކޯޕްރަލްގެ ރޭންކްގައެވެ.
އޭގެ ފަހުން 2011 ގައި އެތަން މަދަނީ އިދާރާއަކަށް ބަދަލުކޮށް، 2015 ވަނަ އަހަރު ފާސްކުރި ގާނޫނަކުން އެއިދާރާއަށް ގާނޫނީ ބާރު ދިން އިރު ވެސް އިސްކޮށް ހުންނެވީ އޭނާ އެވެ.
މިހާރު އޮތް ގޮތަށް އެންޑީއެމްއޭގެ ނަމަށް އެ އިދާރާގެ ނަން ބަދަލުކޮށް އެތަނުގެ ސީއީއޯގެ މަގާމަށް ހިސާން ހަމަޖެއްސީ 2018 ވަނަ އަހަރު އެވެ.




