ބަނގުރާ ނެޓްވޯކުގައި ހިމެނޭ ދިވެހި މީހާ
ބަނގުރަލުގެ ބޮޑު އޮޕަރޭޝަން، ތުހުމަތުކުރެވޭ ދިވެއްސަކު ހައްޔަރުކޮށްފި
ހަސަން އިބްރާހީމް 15 އޮކްޓޯބަރ 2026 (ބުރާސްފަތި)   11:31
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބޮޑު ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހޯމަ ދުވަހު ހިންގި އޮޕަރޭޝަނާ ގުޅިގެން، އެ މައްސަލައިގައި ތުހުމަތުކުރެވޭ ދިވެއްސަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހަކީ ހ. ކާރޯގެ، އުމުރުން 53 އަހަރުގެ މުހައްމަދު ރަޝްވާން އައްބާސް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޯޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހޯމަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނަކާ ގުޅިގެން ކަމަށާ، އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ބުދަ ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރާ ވިއްކާ ނެޓްވޯކަށް އަމާޒުކޮށް ހެންވޭރުގެ ގެއެއް ހޯމަ ދުވަހު ބަލައިފާސްކުރުމުގެ ތެރޭގައި ފުލުހުން 826 ފުޅި ރާ އަތުލައިގެންފައި ވާއިރު، ބަންގްލަދޭޝްގެ ތިން ރައްޔިތަކު އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓް