ބަނގުރާލާ އެކު އިއްޔެ ހައްރަކުރި 3 މީހުން
ބަނގުރަލާއެކު އިއްޔެ އަތުލައިގަތް މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފި
މަރްޔަމް މުހައްމަދު 13 އޮކްޓޯބަރ 2026 (އަންގާރަ)   12:13
އިއްޔެ މާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަންގައި، ބަނގުރަލާއެކު އަތުލައިގަން ހައްޔަރުކުރި މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ، 2026 އޮކްޓޫބަރު 12 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރަލާއެކު ހައްޔަރުކުރި މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން މިހާރު އަމުރުކޮށްފައި ވާއިރު، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމް.ޑީ. ރަކިބް ހޮސެން (25އ) ކަމަށެވެ.

އެ ތިން މީހުންނަކީ ވެސް ބަންގްލަދޭޝް މީހުން ކަމަށާ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް އަމީން އަދި ޕޮލިން ފަސްދުވަހަށް އަދި އެމް.ޑީ. ރަކިބް ހޮސެން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރު ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށާ، މި އޮޕަރޭޝަންގައި 826 ފުޅި ބަނގުރާ އަތުލައިގަނެފައިވާކަމަށް ވެސް ފުލުހުން ބުނެޏެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށާ، އެ އޮޕަރޭޝަން ހިންގާފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށެވެ.

ކޮމެންޓް