ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލާގައި ހައްޔަރު ކުރި މީހާ
ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލައިގައި ހިމެނޭ މީހަކު ބަންދުކޮށްފި
ބަންދުކުރި މީހާއަކީ، މީގެ ކުރިންވެސް ކުށްތަކުގެ އެތައް ރެކޯޑެއް އޮތް މީހެއް - ޕޮލިސް
ހަސަން އިބްރާހީމް 14 އޮކްޓޯބަރ 2026 (ބުދަ)   11:54
މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ، ހުޅުމާލެ ފޭސް 2 ގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް އެކްސިޑެންޓްވި މައްސަލައާ ގުޅިގެން، އެ ސައިކަލުގައި އިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫ، އިރުމަތީގެ، މުޙައްމަދު ސައިފް (27އ) ކަމަށާ، މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން މަހާރު ވެސް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓްގައި 3 މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ / ލ.މާމެންދޫ، މުޙައްމަދު ސައިފް (27އ)، ފަރުވާއަށްފަހު ދޫކޮށްލުމުން، 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ." - ޕޮލިސް

މުޙައްމަދު ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ.

މި ނުރައްކާތެރި އެކްސިޑެންޓުގައި ޖުމްލަ 5 މީހަކަށް އަނިޔާވިއިރު، އޭގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްވެގެން ވަނީ ފަރުވާދީފައެވެ. އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ވެސް ބަދަލުކުރިއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރުވައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.

ކޮމެންޓް