
ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރޭ ފަތިހު 04:15 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށާ، އެއާއެކު، ފުލުހުން އެ ސަރަހައްއްދަށް ގޮސް އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އަދި ރަށު ކައުންސިލާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ.
ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ މިހާދިސާގެ ވީޑިއޯ އާއި ފޮޓޯތަކަށް ބަލާއިރު، ފެންނަނީ އެގޭގައި އަލިފާން ރޯވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ ބޭނުން ނުކުރެވޭވަރަށް އިމާރާތާއި ތަކެތި އަނދާ ހުލިވޭފައިވާ މަންޒަރެވެ.
ފުލުހުން ބުނެފައި ވަނީ، މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވީނަމަވެސް، ސީރިއަސް އަނިޔާއެއް އެއްވެސް މީހަކަށް ވެފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭކަމަށާ، މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.




