ހަސަން ޒިހާން: ސިފައިންގޭގައި މަސައްކަތް ކުރެއްވުމުގެ އިތުރުން މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރެއްވި.--
ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައެއް ބަލަނީ
މަރްޔަމް މުޙައްމަދު 20 އޮކްޓޯބަރ 2026 (އަންގާރަ)   11:01
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވެނީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަނަށެވެ.

ފުވައްމުލަކަށް ނިސްބަތްވާ ޒިހާން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބެއް ނެތް ކަމަށާއި، އެ ތަންތަނުގައި ރޯކޮށްލުމަކީ 'މަޖާ' ކަމަކަށް ވާނެ ކަމަށެވެ. ނަމަވެސް، އެ ސްޓޭޓަސް ޕޯސްޓްކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ ޑިލީޓްކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޙަސަން ޒިހާން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޝާއިއުކުރި ސްޓޭޓަސްއެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

your imageޒިހާން ފޭސްބުކްގައި ކުރި ޕޯސްޓް: ގަޑިއެއްހާއިރު ފަހުން މި ޕޯސްޓް ވަނީ ޑިލީޓްކޮށްލާފައި.--

އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކޮށް، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. 

އޭގެ ފަހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދިނެވެ.  ނަމަވެސް ފަހުން އެ މަގާމުން އޭނާ ވަކިކުރުމާ ގުޅިގެން، ޒިހާން އަންނަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ޕޯސްޓްތައް ކުރަމުންނެވެ.


ކޮމެންޓް