ރާއްޖޭގެ ރިސޯޓެއްގެ އެރައިވަލްސްގެ ތެރެއިން
ފާއިތުވި އަހަރު އޮކިއުޕަންސީ ރޭޓު އިތުރު
މަރްޔަމް މުޙައްމަދު 4 ފެބްރުއަރީ 2025 (އަންގާރަ)   10:32
2023 ވަނަ އަހަރާ އަޅާބަލާއިރު ފާއިތުވި 2024 ވަނަ އަހަރު ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިގޮތަށް ދައްކާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓެލްތަކާއި އަދި ސަފާރީތަކުގައި ދަނީ ޗުއްޓީ ހޭދަކުރަމުން ދާއިރު، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުންދައްކާގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓް ވަނީ އިތުރުވެފައެވެ.

2023 ވަނަ އަހަރު އޮކިއުޕަންސީ ރޭޓް ހުރީ %57.6 ގައެވެ. 2024 ވަނަ އަހަރު އޮކިއުޕަންސީ ރޭޓް ވަނީ %59.1 އަށް އިތުރުވެފައެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު އޮކިއުޕަންސީ ރޭޓް އެންމެ ބޮޑަށް އިތުރުވެފައިވަނީ ރިސޯޓްތަކުގައެވެ. 2023 ވަނަ އަހަރު ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %66.3 ގައެވެ. 2024 ވަނަ އަހަރު މިއަދަދު ވަނީ %71.2 އަށް އިތުރުވެފައެވެ.

ސަފާރީތަކުގެ އޮކިއުޕަންސީ ރޭޓްވެސް ވަނީ މިދިޔަ އަހަރު އިތުރުވެފައެވެ. 2023 ވަނަ އަހަރު އޮކިއުޕަންސީ ރޭޓް ހުރީ %23.5 ގައެވެ. 2024 ވަނަ އަހަރު މި އަދަދު ވަނީ 26.3% އަށް އިތުރުވެފައެވެ.

މިދިޔަ އަހަރު ގެސްޓްހައުސްތަކާއި އަދި ހޮޓެލްތަކުގެ އޮކިއުޕަންސީ ރޭޓް ދަށްވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް 2023 ވަނަ އަހަރު ހުރީ %42.7 ގައެވެ. 2024 ވަނަ އަހަރު މި އަދަދު ވަނީ %35 ދަށްވެފައެވެ.

ހޮޓެލްތަކުގެ އޮކިއުޕަންސީ ރޭޓް 2023 ވަނަ އަހަރު ހުރީ %35 ގައެވެ. 2024 ވަނަ އަހަރު މި އަދަދު ވަނީ %28.4 ދަށްވެފައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މުޅި ޖުމްލަ 61،739 އެނދު އެބަހުއްޓެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 177 އެނދުގެ އިތުރުވުމެކެވެ.

ކޮމެންޓް