ފުވައްމުލަކުގައި މިއަދު ނިޔާވި، ޢަބްދުﷲ ރިޝްދާން 27އ. ރ.އަލިފުށި، އަބަދަށްހިޔާގެ
ފުވައްމުލަކުގައި ކުއްލި މަރެއް
ޖުނާން އަޙުމަދު 17 އޭޕްރީލް 2025 (ބުރާސްފަތި)   16:05
ފުވައްމުލަކުގައި މަސައްކަތް ކުރުމަށްޓަކައި، އެރަށުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މަރުވެފައި ވަނީ ފުވައްމުލަކުގައި ދިރިއުޅޭ ޢަބްދުﷲ ރިޝްދާން 27އ. ރ. އަލިފުށި އަބަދަށްހިޔާގެ ކަމަށެވެ.

ފުލުހުން ބުނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ މައްސަލައެއް މިއަދު މެންދުރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާ، މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ މިހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތުގައި ހުއްޓާ ހަބަރު ހުސްވެ ވެއްޓިފައި އޮއްވާ ކަމަށެވެ.

އަދި އެމީހާ ގެންދިޔައިރު، އޭނާގެ މޫނަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާ، މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފިޔެސްއަށް މައުލޫމާތު ލިބުނު ގޮތުގައި އޭނާ މަރުވެފައި ވަނީ ކަރަންޓުގައި ޖެހިގެން ހިނގި ހާދިސާއެއްގެ ސަބަބުންނެވެ. އަދި އޭނާ އަކީ ފެނަކަ ކޯޕަރޭޝަންގައި ވަޒީފާ އަދާކުރާ ޒުވާނެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ފަހަކަށް އައިސް ކުއްލި މަރުތަކުގެ ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ސަބަބުން ކުރިމަތިވާ މަރުގެ ހާދިސާތައް ވެސް ގިނަވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި މިފަދަ ހާދިސާތަކުގައި ގިނައީ ޒުވާން އުމުރުގެ މީހުންކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް