މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައި ވަނީ ސާޖަންޓް މުޙައްމަދު އަރުޝަދު 37އ. އެވެ.
އޭނާ ނިޔާވީ ނޭވާލާން ދަތިވެގެން ގެންގޮސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، މާ ގިނައިރުތަކެއްނުވެ ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝަދަކީ ސިއްހީ މައްސަލައެއް މީގެ ކުރިން ހުންނަކަން ފާހަގަވެފައިވާ މީހެއް ނޫން ކަމަށް އާއިލާއާ ހަވާލާދީ އޭނާގެ ގާތް މީހަކު މައުލޫމާތު ދެއެވެ. އޭނާ އަކީ ހޯމް މިނިސްޓަރު ޢަލީ އިހްސާންގެ ކާރު ޑްރައިވަރު ކަމަށްވާއިރު، ފުލުސް އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ ހެންޑްލްތަކުން، އަރުޝަދު ނިޔާވުމާ ގުޅިގެން ތައުޒިޔާ ކިޔާފައިވެއެވެ.
ހޯމް މިނިސްޓަރު މިހާރު ހުންނެވީ ރައީސް މުއިއްޒުގެ އަރިހުގައި ދަތުރުފުޅެއްގަ އެވެ.