ސްޓެލްކޯ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު.-- ފޮޓޯ: އެމްއެންޑީއެފް
ސްޓެލްކޯ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރްޔަމް މުޙައްމަދު 28 އޭޕްރީލް 2025 (ހޯމަ)   08:40
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށާ، ރޯވެފައި ހުރީ ސްޓެލްކޯ އިންޖީނު ރޫމު ތެރޭގައި ހުރި މެއިން އިންޖީނެއްގެ ދުން ހޮޅީގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައި ވެއެވެ.

"އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:19 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ." އެމްއެންޑީއެފުން އާންމުކުރި މައުލޫމާތުގައި ބަޔާންކޮށްފައި ވެއެވެ. 

މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 06:30 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާ ގުޅޭގޮތުން ސްޓެލްކޯ މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް