އެއްލާލި ކަޅު ދަބަސްތަކުން ނެގި 221 ކާޓަންގެ ސިނގިރޭޓު - ފޮޓޯ: ޕޮލިސް
ވަގަށް އެތެރެކޮށްފައިވާ 221 ކާޓަންގެ ސިނގިރޭޓު އެއްލައިލާފައި އޮއްވާ ހޯދައިފި
ޖުނާން އަޙުމަދު 6 މޭ 2025 (އަންގާރަ)   11:19
ވަގަށް އެތެރެކޮށްފައިވާ ކަމަށް ވަރަށްބޮޑަށް ބެލެވޭ 221 ކާޓަންގެ ސިނގިރޭޓް، ޕިކަޕަކުން އެއްލައިލާފައި އޮތް ކަޅު ދަބަސްތަކަކުން ފުލުހުން ރޭ ހޯދައިފިއެވެ.

މި ދަބަސްތައް އެއްލައިލި ޕިކަޕު ގޮސްފައިވާ ކަމަށް ފުލުހުން އަމުލޫމާތުދެނީ، ބޮޑުރަސްގެފާނު މަގުންނެވެ. އަދި އެއްލައިލީ ކަޅުކުލައިގެ ތިން ދަބަސް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެ ދަބަސްތައް ބަލައި ފާސްކުރިއިރު، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށާ، އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ހުސްވި އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ވެސް ރާއްޖެއަށް ބަގަށް އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްމަޓްސްއިން އަތުލައިގެންފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް