އެ ތަކެތި އަތުލައިގަތްކަން ކަސްޓަމްސް އިން އާންމުކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސިއްރުން އެތެރެކުރަން އުޅުނީ 1.8 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓް ކަމަށެވެ.
"މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން." ކަސްޓަމްސް އިން ބުނެފައި ވެއެވެ.
އެކަމަކު އެތަކެތި އެތެރެ ކުރީ ކޮން ފަރާތަކުން ކަން ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.
ސިނގިރެޓާއި ދުންފަތުގެ އެހެން އުފެއްދުންތަކުން ނަގާ ޑިއުޓީ ރާއްޖޭގައި މިފަހުން ބޮޑުކުރި ފަހުން، ޑިއުޓީ ނުދައްކައި ވަގަށް ސިނގިރެޓް އެތެރެކުރަން މަސައްކަތްކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.