ހުޅުމާލެ ބަނދަރުން ބައެއް ބަންދުކުރުމުން އޮޑިވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން
ހުޅުމާލެ ބަނދަރުން ބައެއް ބަންދުކުރުމުން އޮޑިވެރިން މުޒާހަރާކުރަން ފަށައިފި
ޖުނާން އަޙުމަދު 18 މޭ 2025 (އާދީއްތަ)   09:57
ހުޅުމާލެ ބަނދަރުން ބައެއް ބަންދުކުރުމުން ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް އެކި މަސައްކަތްތައް ވެސް ކޮށް އެދެވޭ އެއްވެސް ނަތީޖާއެއް ނުފެނުމުން އޮޑިވެރިން އެ ސަރަހައްދުގައި މުޒާހަރާކުރަން ފަށައިފިއެވެ.

ބަންދުކޮށްފައިވާ ސަރަހައްދަކީ، ހުޅުމާލެ ފެރީޓަރމިނަލާއި އެފްއެސްމެ ޝެޑާއި ދެމެދު ކަމަށް ފިޔެސްއަށް މައުލޫމާތު ލިބެއެވެ. އެގޮތުން މުޅި ސަރަހައްދު ބަންދުކޮށް އެސަރަހައްދަށް ދޯނިފަހަރު ގާތްކުރުން އެޗްޑީސީން ވަނީ މަނާކޮށްފައެވެ.

މި ސަރަހައްދުގައި މުޒާހަރާކުރަމުންދާ އޮޑިވެރިން ބުނަމުންދަނީ، އެމީހުންގެ ވެސް ހައްގުތަކެއް އޮންނަން އެބަޖެހޭ ކަމަށާ، އޮޑިވެރިންގެ ހައްގު އެމީހުންނަށް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އަދި ކާގޯ އޮޑިފަހަރަށް މިނޫން ގޮތެއް ހޯދައިދިނުމަށް ގޮވާލާ އޮޑިވެރިން އަންނަނީ، މި ސަރުކާރުން އެމީހުންގެ ގާތުގައި ހަދައިދޭނެކަމަށް ބުނެފައިވާ ކާގޯ ޖެޓީ އާއި ވެލި ޖެޓީ ކޮބައިތޯ ސުވާލުއުފައްދަމުންނެވެ. އަދި މިއީވެސް ދިވެހިން ކަމަށާ ބޭނުންހާގޮތެއް ހަދަންދެން ނުތިބެވޭނެ ކަމަށް ވެސް ބައެއް މީހުން ބުނަމުންދެއެވެ.

އޮޑިވެރިންގެ ޝުއޫރުތައް ފަލައަކުރުން ލިޔެފައިވާ ރަތްކުލައިގެ ބޯޑުތައް ހިފައިގެން އެމީހުން ކުރަމުންދާ މުޒާހަރާގައި، އެމީހުން ލިޔެފައިވާ ޝުއޫރުތަކަށް ބަލާއިރު "ބުޅަލަށް އަގޮބޮޑު ބިމެއް، އަހަރުމެންނަށް ގޮތެއް ނެތް" މިހެންވެސް ލިޔެފައި ވެއެވެ. އަދި ނޯޓުކޮށްގެން ވެސް އެމީހުންނަށް ބަނދަރުން ޖާގަނުލިބޭކަމަށް ބޯޑުތަކުގައި ލިޔެފައިވާއިރު، ގައުމުގެ ހުންގާނާ ނުކުޅުމަށް ވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓް