ހުޅުމާލެ ފޭސް ދޭއްގައި މާރާމާރީއެއް ހިންގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: މީސްމީޑިއާ
ހުޅުމާލެ ފޭސްދޭއްގައި ދެމީހަކު މާރާމާރިއެއް ހިންގާ ބޯފަޅާލައިފި
ޖުނާން އަޙުމަދު 20 މޭ 2025 (އަންގާރަ)   10:04
ހުޅުމާލެ ފޭސްދޭއްގެ ހިޔާ ޓަވަރެއް ކައިރީ މާރާމާރީއެއްގައި ހިންގާ ދެ މީހަކަށް އަނިޔާތަކެއް ލިބި، އެކެއްގެ ބޯ ވެސް ފަޅާލައިފިއެވެ.

މިކަމުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ހިޔާގެ 11 ވަނަ ޓަވަރު ކައިރީގައި މާރާމާރީއެއް ހިންގި މައްސަލަ ރޭ 11:51 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާ، އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެ، އެކަކުގެ ބޯ ވެސް ވަނީ ފަޅާލައިފައި ކަމަށް ފުލުުހުން ބުންޏެވެ.

ދެވަނަ މީހާގެ ބުރަކަށި ވެސް ވަނީ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި ވެސް މެށިފައިވާއިރު، އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ މާރާމާރީ ހިންގި މީހުންނަކީ ދެ ފޯނު ފޭރިގެންފައިވާ ބައެއް ކަމަށާ، އެހެންކަމުން އެ މައްސަލަ ވެސް ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފޭސް ދޭއްގެ ހިޔާ ޓަވަރުތައް ކައިރީ ހިންގި މާރާމާރީ ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ 11 ވަނަ ޓަވަރު ކައިރީ އޮންނަ ހުސް ބިމެވެ. އެ ވީޑިއޯއިން އެކަކު ދުވެފައިދާ މަންޒަރު ފެނެއެވެ. އަދި އިތުރު މީހެއް ބިންމައްޗަށް ވެއްޓިފައި އޮންނަތަން ވެސް ފެނެއެވެ.

ކޮމެންޓް